logo
 ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް / ފޮޓޯ: މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް / ފޮޓޯ: މަޖިލިސް

ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނުނެގިގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން: މީކާއިލް

profile

މުޙައްމަދު ފަޟްލޫން - 06 އޮކްޓޯބަރު 2026 - 08:48

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ނުހޯދިގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ ވައްކަމާއި ހިޔާނާތުގެ ފައިސާ ދައުލަތަށް ނެގުމަށް މަގުފަހިކުރާ މުހިންމު ގާނޫނުތަކެއް މީގެ ކުރީގެ މަޖިލިސްތަކުން ވެސް ފާސްކޮށްފައިވާ ކަަމަށެވެ.

އެހެންނަމަވެސް މައްސަލައަކީ އެފަދަ ގާނޫނުތައް ފާސްކުރި ކަމުގައި ވިޔަސް، އެ ގާނޫނުތައް ތަންފީޒުކުރުމުގެ ހިތްވަރާއި އިހްލާސްތެރިކަން ކަމާބެހޭ މުއައްސަސާތަކުގައި ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ހިނގާލުމުން އާންމުކޮށް މީހުން ވަދެ ނޫޅޭ ބޮޑެތި ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ވެސް، މީރާއަށް ޓެކްސް ދައްކާއިރު ބޮޑެތި ފައިދާތަކެއް ވާކަމަށް ދައްކަމުންދާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

އެތަންތަން ހިނގާ ގޮތް އެންމެންނަށް ސާފުކޮށް އެނގެން އޮތް ނަމަވެސް، އެއިން އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް މިހާތަނަށް ދައުލަތަށް ނެގިފައި ނުވާކަން އޭނާ ހިތާމައާއެކު ފާހަގަކުރެއްވިއެވެ.

ފެހި ގާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ދައުލަތަށް ހޯދުނު އެއްވެސް ކުރިއެރުމެއް ނެތް ކަމަށް މީކާއީލް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ފެންނަމުންދަނީ އެކި ނަންނަމުގައި ބިލުތައް ހުށަހަޅައި، ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރަމުންދާއިރު ވެސް، ގެއްލިފައިވާ ފައިސާއިން މިންވަރެއް ވެސް އަނބުރާ ނުލިބޭ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާ ގުޅޭ އިތުރު ބިލެއް ހުށަހެޅުމުގެ ކުރިން، މިހާރު ވެސް އަމަލުކުރަމުންދާ ގާނޫނީ އޮނިގަނޑު ތަންފީޒުކުރެވޭނެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި އެބައޮތްތޯ ބަލައި ވަޒަންކުރުން މުހިއްމު ކަމަށް މީކާއީލް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319