
ގްރީން ޓެކްސްގެ ގޮތުގައި މިހާތަނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 06 އޮކްޓޯބަރު 2026 - 10:21
މިއަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުގައި، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 0.7 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ އެކި މަޝްރޫޢުތަކަށް ފައިސާ ހޯދުމުގެ މަގްސަދުގައި ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ.
ގްރީން ޓެކްސް ނަގަނީ ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީ ފަދަ ޓޫރިސްޓް އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތް ދެމުން އަންނަ ތަންތަނުގެ ތެރޭގައި 180 ރިސޯޓާއި، 16 ހޮޓަލާއި، 927 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދު ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެއަށް ބިލިއަނުން، އެކަމަކު އިންޓަނެޓް ކޭބަލަށް 20 މިލިއަން ޑޮލަރު ހަމައެއްނުޖެހުނު: ފައްޔާޒް
2 ގަޑިއިރު ކުރިން

ޕާސްޕޯޓް ދޫކުރުން އާއްމު ހާލަތަށް އަންނަ ހަފްތާގައި ގެނެވޭނެ: އިމިގްރޭޝަން
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
އަމާން އުދަރެސްގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
3 ގަޑިއިރު ކުރިން

ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނުނެގިގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން: މީކާއިލް
4 ގަޑިއިރު ކުރިން


