
އަމާޒަކީ މައި ސިނާޢަތްތަކަށް އިޤްތިޞާދު ސިންދަފާތުކުރުން: ރައީސުލްޖުމްހޫރިއްޔާ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 10 ޖެނުއަރީ 2025 - 18:45
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މައި ސިނާއަތްތަށް ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތްތަކަށް އިޤްތިޞާދު ސިންދަފާތުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނިމިދިޔަ އަހަރުގެ ޖަނަވަރީމަހު އެމަނިކުފާނު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުުރުފުޅުގެ ސަބަބުން ޗައިނާއާ ރާއްޖެއާ ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ޗައިނާއިން ދިވެހިރާއްޖެއަށް ދެއްވަމުން އަންނަ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާ ކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ މެދުގައި އެއްބަސްވެފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން ގެދޮރުވެރިކަމާއި މަގުހެދުމުގެ މަޝްރޫޢުތަކަކީ ދިވެހި ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫޢުތައް ކަމަށާއި، އެމަޝްރޫޢުތަކަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.
އަދި ސަރުކާރުގެ އަމާޒަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތްތަކަށް އިޤްތިޞާދު ސިންދަފާތުކުރުންކަމަށް ވިދާޅުވެ މިދާއިރާތަކުން ޗައިނާގެ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
މިބައްދަލުކުރެއްވުމުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވާ އެކަމަށް ތަޢުރީފް ކުރެއްވިއެވެ. އަދި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ވާންގް ޔީ ދެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން