logo

މިލަންދޫން އަތުލައިގަތް ޑްރަގް މައްސަލަ: ހައްޔަރުކުރި މީހާގެ މައްޗަށް ދަޢުވާ ކޮށްފި

profile

އާމިނަތު ޝަޒްލާ - 05 ސެޕްޓެމްބަރު 2026 - 14:21

ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިދިޔަ މެއި މަހު ހައްޔަރުކުރި އެ ރަށު ނަފާ، އުމުރުން 49 އަހަރުގެ އަޙްމަދު ނާޞިރުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ދައުލަތުން އުފުލައިފިއެވެ.

https://wamco.com.mv/

އޭނާ ހައްޔަރުކުރީ މެއި 7 ވަނަ ދުވަހު މިލަންދޫ ބަނދަރު ސަރަޙައްދުންނެވެ. ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއްގައި އޭނާ ބަލައި ފާސްކުރިއިރު އަތުގައި އޮތް ފޮށިގަނޑަކުން 61.1205 (ފަސްދޮޅަސް އެއް ޕޮއިންޓް އެކެއް ދޭއް ސުމެއް ފަހެއް ގްރާމް) ގެ ޑައިމޯފިން ފެނިފައިވެއެވެ.

ޤާނޫނުގައިވާ ގޮތުން 4 ގްރާމަށްވުރެ ގިނައިން ޑައިމޯފިން ގެންގުޅުމަކީ ޓްރެފިކް ކުރުމެވެ. މި ކުށް ސާބިތުވެއްޖެނަމަ 25 އަހަރުގެ ޖަލު ޙުކުމަކާއި 1 ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އަންނާނެއެވެ.

ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި ނާޞިރުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ ކޯޓުގައި ބޭއްވި އަޑުއެހުމުގައި، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢަށް ނުރައްކާ އޮތުމާއި ހެކިބަސް ނެގިފައި ނުވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮތުމުން، އޭނާ ދޫކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން މައްސަލައިގެ ޙާލަތަށް ބަދަލެއް ނާންނާތީ، އޭނާ ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319