logo
ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު

މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

profile

އަހުމަދު ޒަލީފު - 15 މާރިޗު 2023 - 17:04

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

https://wamco.com.mv/

މިބިލްގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ، ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި، ދައުލަތުގެ ފައިސާއިން ޚާއްޞަ އެހީ ދިނުމާގުޅޭ އުސޫލުތަކާއި، ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ މިބިލްގައި، ދައުލަތުގެ ނަމުގައި ގެރެންޓީ ދިނުން ވަކި މާއްދާއެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައެވެ. އަދި ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާއަށް މައާފުދީ ނުވަތަ ލުއިދެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފައިސާ އިންވެސްޓް ކުރުމަށާއި، ދައުލަތުގެ ދަރަނި އަދާކުރުމަށާއި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ބޭނުމަށްޓަކައި، ސޮވްރިން ޑިވެލޮޕްމަންޓްފަންޑުގެ ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ކަސްޓޯޑިއަން އެކަންޓެއް ޤާއިމްކޮށް ބަލަހައްޓަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވިއެވެ.

ދައުލަތުގެ ފައިސާއާ ހިސާބާއި ހިސާބުގެ ލިޔެކިޔުމުގެ ނިޒާމު ބަލަހައްޓައި ހިންގުމަށްޓަކައި، އެކައުންޓަންޓް ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަނު ކުރެވޭނެ ގޮތާއި، އެމަޤާމުގެ ޝަރުޠުތަކާއި މަސްޢޫލިއްޔަތައްވެސް ވަނީ ބިލްގައި ބަޔާންކޮށްފައެވެ.

މިބިލްގައި، ދައުލަތުގެ އިންޓަރނަލް އޮޑިޓް ނިޒާމެއް ޤާއިމްކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމުގެ މަސްޢޫލިއްޔަތުތައް ބަޔާންކޮށް، 7 މެމްބަރުންގެ މައްޗަށް އެކުލެވޭ އިންޓަރނަލް އޮޑިޓް ކޮމިޓީއެއް އުފެއްދުމަށްވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ. އަދި މީގެ އިތުރުން ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމްގެ ކަންކަން ކަނޑައެޅުމަށްޓަކައި މި ބިލުގައި ވަނީ، ވަކި ޗެޕްޓަރެއް ހިމަނާފައެވެ. މީގެ އިތުރުން ހުއްދަ ނޫން ޢަމަލެއް އެއްވެސް ފަރާތަކުން ކުރިކަމަށް ތުހުމަތު ކުރެވިއްޖެނަމަ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ދަށުން ޢަމަލުކުރަންޖެހޭނެ ގޮތްތައްވެސް މިބިލްގައި ވަނީ، ބަޔާންކޮށްފައެވެ.

https://wamco.com.mv/
https://www.aslu.com.mv