logo
އާސަނަލް

އާސަނަލް

ލީޑްސް ބަލިކޮށް އާސަނަލް އެއްވަނާގައި ހަމަ ޖެހިލައިފި

profile

އަހުމަދު ލައްމާހު އަޒީޒު - 01 އޭޕްރީލު 2023 - 17:13

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއި އެކު ލީޑްސް ބަލިކޮށް އާސެނަލް އިން ޕްރިމިއާ ލީގު ތާވަލްގެ އެއްވަނައިގައި 8 ޕޮއިންޓްގެ ލީޑަކާއިއެކު ހަމަޖެހިލައިފި އެވެ.

https://wamco.com.mv/

އާސަނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި، ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު އާސެނަލްއަށް ލީޑު ހޯދައި ދިނީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ގެބްރިއަލް ޖީސަސް އެވެ.

ދެވަަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އާސެނަލްގެ ދެވަަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ބެން ވައިޓެވެ. އަދި ދެވަަނަ ހާފު 55 ވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ލަނޑުވެސް ޖީސަސް ކާމިޔާބުކޮށްދިން އިރު އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިފައި ވަނީ މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަކާއެވެ.

މެޗުގައި ލީޑްސްއިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައި ވަނީ މެޗުގެ 76 ވަނަ މިނުޓުގައި ކްރިސްޓެންސެންއެވެ.

މިރޭގެ މެޗާ އެކު އާސަނަލްއިން ވަނީ ކުޅުނު 29 މެޗުން 72 ޕޮއިންޓް ހޯދާފައެވެ. އަދި ލީޑްސް ޔުނައިޓަޑް އޮތި ކުޅުނު 28 މެޗުން 26 ޕޮއިންޓާއެކު ތާވަލުގެ 16 ވަނާގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay