logo
އެމްޕީއެލް ފެލްޓްތައް

އެމްޕީއެލް ފެލްޓްތައް

އެމްޕީއެލްގެ ފްލެޓްތައް އަންނަ މަހު ހަވާލުކުރަނީ

profile

ޔޫޝައު ހަސަން - 24 މާރިޗު 2023 - 09:48

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފްލެޓްތައް އަންނަ މަހު ހަވާލު ކުރަން ނިންމައިފިއެވެ.

https://wamco.com.mv/

މިކަން ހާމަކޮށް އެމްޕީއެލްގެ ސީއީއޯ ޝާހިދު ޕީއެސްއެމް އިން ގެނެސްދިން "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވިދާޅުވީ އަންނަ މަހުގައި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފްލެޓްތަކުގެ މަސައްކަތް އަވަސް ކުރުމަށް ކޮންޓްރެކްޓާގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

އެހެންކަމުން އަންނަ މަހުގެ ފަހުކޮޅު ފްލެޓްތައް ނިމޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އެއާއެކު ފްލެޓްތައް އަންނަ މަހު ފަހުކޮޅު ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފްލެޓްތައް ހަވާލު ކުުރަން ކުޑަތަން ވެފައިވާ އިރު މިހާރު ކުރަމުން ދަނީ ފިނިޝިންގް ގެ މަސައްކަތްތައް ކަމަށާއި އެއީ ޓަވަރުގެ ސިޑިތަކުގައި މުށި ޖެހުމާއި ލިފްޓުގެ މަސައްކަތް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ފްލެޓް ލިބުނު މުވައްޒަފުންގެ ލިސްޓް އެކުލަވާލާ މިހާރު ކުރަމުން އަންނަނީ ޑައުންޕޭމަންޓްގެ މަސައްކަތްތަކެވެ. ޝާހިދު ވިދާޅުވި ގޮތުގައި 85 ޕަސެންޓް މުވައްޒަފުން ޑައުންޕޭމަންޓް ދައްކައ ނިންމާފައިވާ ކަމަށެވެ.

ސަރުކާރުގެ ހަތަރު ކުންފުންޏަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އިމާރާތްކޮށްފައިވެ އެވެ. އެއީ ސްޓެލްކޯ، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ އަދި އެމްޕީއެލް އެވެ.

އެމްޕީއެލްއިން ބޮޑު ހޭދައެއްކޮށްގެން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެޅި ތިން ޓަވަރުގައި 534 ޔުނިޓް ހުންނަ އިރު އޭގެ ތެރޭގައި އެއް ކޮޓަރީގެ 204 ފްލެޓާއި 2+1 ކޮޓަރީގެ 330 ފްލެޓް ހުރެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay