logo

ރައީސް ޔާމީނާ ބައްދަލުވެއްޖެ ނަމަ ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާނަން - ނަޝީދު

profile

އަހުމަދު ޒަލީފު - 19 ސެޕްޓެމްބަރު 2023 - 16:17

--

--

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެވުމުން އެމަނިކުފާނު ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ކުރެވެން ހުރި މަސައްކަތްތައް ކުރެވޭނެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު ވާހަކަ ދައްކަވަމުން ވަނީ ރައީސް ޔާމީން ގެޔަށް ބަދަލުކުރުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރައީސް ޔާމީނާ ބައްދަލުކުރުމަށް އިއްޔަ ސިޓީއަކުން ދަންނަވާފައިވާނެކަމަށެވެ. އަދި އުންމީދުކުރަނީ އެކަން އަދިވެސް ހަމަޖެހިގެންދިއުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ބައްދަލުވީމާ އަޅުގަނޑު ދެކޭގޮތުގައި ގެއަށް އެނބުރި ވަޑައިގަތުމާ ގުޅޭގޮތުން ދެން އަޅުގަނޑުމެނަށް ކުރެވެންހުރި މަސައްކަތްތަކެއްވެސް އިރާދަކުރެއްވިއްޔާ ކުރެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެން ނަމަވެސް ރައީސް ޔާމީން ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނު ހުންނެވީ ޖަލުގައެވެ. އެ ޖަލު ހުކުމް އިސްތިއުނާފު ކޮށްފައިވާއިރު ހައިކޯޓުގައި ޝަރީއަތްތައް ބާރަށް ކުރިއަށް ނުދާތީ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

tel:+9607331319