logo

19 ވަނަ މަޖިލީހަކީ އެންމެ ގިނަ މަސައްކަތް ކުރެވުނު މަޖިލިސް، އެކަމާ އުފާވޭ - ނަޝީދު

profile

އަހުމަދު ޒަލީފު - 13 ނޮވެމްބަރު 2023 - 16:54

--

--

19 ވަނަ މަޖިލީހަކީ އެންމެ ގިނަ މަސައްކަތް ކުރެވުނު މަޖިލިސް ކަމަށާއި، އެކަމާ އުފާ ކުރައްވާ ކަމަށް މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން މިއަދު އިސްތިޢުފާދެއްވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވިއިރު، މިއަދު 16:00 ގައި ފެށި ޖަލްސާގެ ރިޔާސަތުގައި އިންނެވީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އެވެ. އެ ޖަލްސާގައި ނަޝީދުގެ އިސްތިއުފާ ސިޓީ މަޖިލީހުގެ ތަޅުމަށް އިއްވިއިރު އެމަނިކުފާނު ވެސް ވަނީ އެ ސިޓީ ފޮނުއްވިކަން ތަޅުމުގައި ކަށަވަރު ކޮށްދެއްވާފަ އެވެ.

އިސްތިއުފާގެ ސިޓީގައި ނަޝީދު ވިދާޅުވެފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ އެމްޑީޕީން މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވާނެ ގޮތަށް އަމަލުކުރަމުންދާ ކަމަށާއި ކޯޓަށް ގޮސް މެމްބަރުންނަށް ލިބިދީފައިވާ ބާރެއް ހަނިކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީން 8 ފަހަރެއްގެ މަތިން މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރިއެވެ. ނަމަވެސް މިހާތަނަށް އެމައްސަލަ ކުރިއަށް ގެންދެވޭ ވަރެއް ނުވެއެވެ.

ގިނަ ގޮންޖެހުންތަކާއި އެކީ އެމްޑީޕީން ކުރަމުން އައި މަސައްކަތް ކާމިޔާބުވެފައިވަނީ މިއަދު ހަވީރު 16:00 ގައި އެމައްސަލަ އެޖެންޑާކޮށް ޖަލްސާ ފެށި ހިސާބުންނެވެ. އެގޮތުން މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފް ރިޔާސަތުގައި ހުންނަވައިގެން ޖަލްސާ ފެއްޓެވިތާ ކުޑައިރުކޮޅެއް ތެރޭގައި ވަނީ ނަޝީދު މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވާފައެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ އެސިޓީ މަޖިލީހުގެ ތަޅުމަށް ފޮނުވިކަން ކަށަވަރު ކޮށްދެއްވާފައެވެ.

tel:+9607331319