logo

ޕީއެންސީގެ ކާމިޔާބީ އަށް ނަޝީދުގެ މަރުހަބާ!

profile

އަހުމަދު ޒަލީފު - 22 އޭޕްރީލު 2024 - 14:22

—

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންް ކުރާ ޕާޓީ ޕީއެންސީން ހޯދި ކާމިޔާބީއާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަދި މިހާރު ދަ ޑިމޮކްރެޓްސް އަށް ނިިސްބަތްވާ ނަޝީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ މަޖިލިސް އިންތިހާބުގައި ޕީއެންސީ ހޯދި ފުރިހަމަ ކާމިޔާބީއަށްޓަކައި އެ ޕާޓީގެ މެންބަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޕާޓީގެ އިސްވެރިންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

މަޖިލީހުގެ 90 ދާއިރާއަކަށް ވާދަކޮށް، ޕީއެންސީން ވަނީ 70 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ނަޝީދުގެ ޑިމޮކްރެޓްސް އިން 39 ދާއިރާއަކަށް ވާދަކުރި އިރު، އެންމެ ގޮނޑިއެއް ވެސް ނުލިބެ އެވެ. އިންތިހާބަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން ގޮނޑި ފުރުއްވަމުން ގެންދެވި ބައެއް މެމްބަރުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ހިމެނެ އެވެ.

ނަޝީދު ކުރިން ހުންނެވި ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ވެސް 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލާން ޖެހުނީ ލަދުވެތި ނާކާމިޔާބީއަކާ އެވެ. މަޖިލީހުގެ 93 ދާއިރާގެ ތެރެއިން 89 ދާއިރާއަކަށް ވާދަކޮށް ލިބުނީ 15 ވަރަކަށް ގޮނޑި އެވެ.

tel:+9607331319