
--
އިސްރާއީލްގެ ސެކިއުރިޓީގެ 30 އޮފިޝަލަކު މަރާލައިފި

އަހުމަދު ޒަލީފު - 08 އޮކްޓޯބަރު 2023 - 14:08
ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގައި އިސްރާއީލްގެ ސެކިއުރިޓީގެ 30 އޮފިޝަލަކު މަރާލައިފިއެވެ.
ސީއެންއެން އިން ބުނެފައިވާގޮތުގައި ހަމާސް އިން ހޮނިހިރު ދުވަހުގެ ހެނދުނު އިސްރާއީލަށް ދިން ހަމަލާއަށް ފަހު މަރުވި 44 ސިފައިންނާއި ސިފައިންގެ އަންހެނުންނާއި ސަލާމަތީ ހިދުމަތުގެ 30 މީހަކު އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދެނެގަނެފައެވެ.
މަރުވި ސެކިއުރިޓީ ސާވިސްގެ މެމްބަރުންނަކީ ފުލުހުންނާއި ބޯޑަރު އޮފިސަރުންނާއި އިސްރާއީލުގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ޔުނިޓް، ޔަމާމްގެ މެމްބަރުން ކަމަށްވެސް އެ ނޫހުން ބުނެފައި ވެއެވެ.
ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުން ހިފާފައިވާ ގިނަ އަވަށްތަކެއް މިހާރު އޮތީ ހަމާސް ޖަމާއަތުގެ ބާރުގެ ދަށުގައެވެ. ނަމަވެސް އިސްރާއީލު ބުނަނީ ހަމާސް ގެ އަތްދަށަށް ގޮސްފައިވަނީ ބައެއް އަވަށްތައް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން