
ނިއުކްލިޔާ މަރުކަޒުތައް ބަލައިފާސްކުރުމުގެ ހުއްދަ އިރާނުން އައިއޭއީއޭއަށް ދީފި

މުޙައްމަދު ފަޟްލޫން - 11 ސެޕްޓެމްބަރު 2025 - 11:51
ނިއުކްލިޔާ މަރުކަޒުތައް ބަލައިފާސްކުރުމުގެ ހުއްދަ އިރާނުން އދ ގެ އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ އައިއޭއީއޭއަށް ދީފިއެވެ.
މި އެއްބަސްވުމަކީ ދުނިޔޭގެ ބާރުތަކާއެކު އީރާނުން ގާއިމްކޮށްފައިވާ ނިއުކްލިޔާ އެއްބަސްވުމުގެ މުސްތަގުބަލާ މެދު ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި ލިބުނު މުހިއްމު ކުރިއެރުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ބަލައިފާސްކުރުމުގެ ހުއްދަ ދީފައިވާ މަރުކަޒުތަކުގެ ތެރޭގައި، މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާއިން ދިން ހަމަލާގައި ބޮން އެޅި ދެ ނިއުކްލިޔާ މަރުކަޒު ވެސް ހިމެނެއެވެ. ނަމަވެސް، އިރާނުން ވަނީ، އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅާނަމަ، އައިއޭއީއޭއިން އިރާނުގައި އިންސްޕެކްޝަންތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު ދީފައެވެ.
އީރާނާއި އައިއޭއީއޭއިން މި އެއްބަސްވުމަކާ ހަމައަށް އައިސްފައި މިވަނީ، 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިޔާ އެއްބަސްވުމުގެ ދަށުން އުވާލާފައިވާ ބައެއް ފިޔަވަޅުތައް އަލުން އީރާނާ ދެކޮޅަށް އަޅާނެ ކަމުގެ އިންޒާރު ވިލާތުގެ ބައެއް ގައުމުތަކުން ދެމުންދާ ދަނޑިވަޅެއްގައެވެ.
ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުން ފިޔަވަޅުތައް ރުޖޫއަ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މަސައްކަތް ކުރިއަށް ނުގެންދާނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައިފާސްކުރުމުގެ ފުރުސަތު އެގައުމުން ދީފި ނަމަ ކަމަށް އެ ގައުމުތަކުން ވަނީ ބުނެފައެވެ.
މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އެމެރިކާއާއި ޔަހޫދީން އީރާނަށް ދިން ހަމަލާތަކުގައި، އެގައުމުން ޔުރޭނިއަމް މުއްސަނދިކުރާ ދެ މަރުކަޒަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން، އީރާނުގެ ގާނޫނުހަދާ މަޖިލީހުން ވަނީ އައިއޭއީއޭއާއަށް ދީފައިވާ އެއްބާރުލުން މެދުކަނޑައިލުމަށް ނިންމާފައެވެ. އަދި، އެއްވެސް އިންސްޕެކްޝަނެއް ކުރިއަށް ގެންދެވޭނީ، އެގައުމުގެ އެންމެ މަތީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ހުއްދައާއެކު ކަމަށް އީރާނުން ވަނީ ކަނޑައަޅާފައެވެ.
ނިއުކްލިއާ ފެސިލިޓީތައް ތަރައްގީކޮށްފައިހުންނަނީ އިރާނުގެ ބިމުގެ އަޑީގައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން