logo

ދެމެހެއްޓެނިވި ތަރައްޤީއަކީ ރާއްޖެ ދެމިއޮތުމާއި ނެތުން އޭގެ މަތީ ބިނާވެފައިވާ ކަމެއް: ރައީސް ޑރ. މުޙައްމަދު ވަހީދު

profile

ޒިދާން މުޙައްމަދު - 16 އޮކްޓޯބަރު 2025 - 17:50

ދެމެހެއްޓެނިވި ތަރައްޤީއަކީ ރާއްޖެ ދެމިއޮތުމާއި ނެތުން އޭގެ މަތީ ބިނާވެފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޗައިނާގެ ޝަންހާއީގައި ކުރިއަށްދާ "ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑަރސް ކޮންފަރެންސް 2025"ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑަރސް ކޮންސްފަރެސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒުގެ މަންދޫބެއްގެ ހައިސިއްުޔަތުން ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ޑރ.ވަހީދު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީއަކީ ހަމައެކަނި ދައްކާ ވާހަކައެއް ނޫންކަމަށާއި އެއީ ރާއްޖެ ދެމިއޮތުމާއި ނެތުން އޭގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށެވެ. އެގޮތުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ އަސަރުކުރާނީ ހަމައެކަނި ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ނޫންކަމަށާއި، އޭގެ ނުރައްކާ ރާއްޖޭގެ ސަގާފަތާއި ތަރިކައާއި ތާރީޚަށްވެސް އެބައޮތްކަމަށެވެ.

ޑރ. ވަހީދު ވިދާޅުވީ ރާއްޖެ ކުޑަވުމަކީ ޤައުމުގެ ބާރެއް ނެތުން ނޫންކަމަށާއި، ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނީ ހަމަހަމަކަމާއި ވިލުންތެރިކަމާއި އީޖާދީގޮތުން ދުނިޔެއަށް ނަމޫނާ ދައްކައިގެން ކުރިއަށްދިއުމަށްކަމަށެވެ.
ބައިނަލްއަގުވާމީ ގޮތުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ދާއިރާތައް ފާހަގަކުރައްވައި ޑރ. ވަހީދު ވިދާޅުވީ ޤައުމުތަކުން ދެމެހެއްޓެނިވި މުސްތަގުބަލަކަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ނަތީޖާ ނެރެދޭންޖެހޭ ކަމަށެވެ. އަދި އެ މަސައްކަތްތަކުގައި ނުރައްކަލަށް ހުށަހެޅިދާނެ ޤައުމުތައް ހިމެނޭކަން ޔަގީންކުރަންވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކޮށް، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވަރުގަދަ އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ ޙަގީގީ ލީޑަރޝިޕަކީ ފައިސާ އާއި ޤައުމުގެ ބޮޑުކަމަށް ބިނާވާ އެއްޗެއް ނޫން ކަމަށާއި، ދުނިޔެއަށް ބޭނުންވަނީ ވަގުތީ މަންފާއަކަށްވުރެ ބޮޑަށް އަންނަ އޮތް ޖީލުތައް އިސްކުރާ، ކެރޭ ލީޑަރުންތަކެއް ކަމަށެވެ. އަދި ރާއްޖެއިން މަސައްކަތްކުރާނީ ވިލުންތެރި، ހަމަހަމަ، އަދި ފާގަތި މުސްތަޤްބަލެއް އަންނަ އޮތް ޖީލުތަކަށް ހޯދައިދިނުމަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބު ވިދާޅުވިއެވެ.

https://wamco.com.mv/
https://etukuri.mv/
https://eportal.mwsc.com.mv/e-pay