logo

މޫސުން ގޯސްވުމުގެ ސަބަބުން މަހަށްދިޔަ ދޯނިތަކުގެ އަދަދު ދަށްވެއްޖެ

profile

ޝަހްޒާ މުޙައްމަދު - 23 އޮކްޓޯބަރު 2025 - 12:48

މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ ހަފްތާގައި މަހަށް ނިކުތް ދޯނިތަކުގެ އަދަދު ބޮޑުތަނުން ދަށްވެފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

މިދިޔަ ހަފްތާގައި މިފްކޯއަށް މަސްކިރުވާފައިވާ ދޯނީގެ އަދަދު އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު %70 ވަނީ ދަށްވެފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން މަސްވެރިކަމަށް ނިކުތް ދޯނިތަކުގެ އަދަދު ދަށްވުމާއެކު، މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ އެތައް ގުނައެއް ދަށްވެފައެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 85 ދޯންޏަކުން މަސްކިރުވާފައިވާއިރު، މިއީ އޭގެ ކުރީ ހަފްތާގައި މަސްކިރުވި 292 ދޯނީގެ އަދަދާ އަޅާބަލާއިރު %70 ދަށް އަދަދެކެވެ. މިއީ މައިގަނޑު ގޮތެއްގައި މޫސުމީ ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް ކަނޑުދަތުރުކުރުމަށް ދަތިވުމުގެ ނަތީޖާއެއް ކަމަށް މިފްކޯއިން ފާހަގަކުރިއެވެ.

މިދިޔަ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ އަދަދު ދަށްވުމުގެ ސަބަބުން، މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މަސްވެރިންނަށް މުޅި ޖުމްލަ 2،392،401 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެ ކުރީ ހަފްތާގައި ދޫކުރި 11،451،598 ރުފިޔާއާ އަޅާބަލާއިރު %79 ދަށް އަދަދެކެވެ. ނަމަވެސް، މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް 505 ދޯންޏަކުން މަސްކިރުވާފައިވާއިރު، މިދިޔަ މަހާ އަޅާބަލާއިރު މި މުއްދަތުގައި ދޫކުރި ފައިސާގެ އަދަދު %25 އިތުރުވެފައިވާކަން މި ތަފާސްހިސާބުތަކުން ދައްކައެވެ.

މަސްވެރިކަމުގެ ސިނާއަތް ދިރުވައި، ގައުއުމީ އިގްތިސާދުގައި އޭގެ ހިއްސާ އިތުރުކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay