
މިހާތަނަށް 49 މަސްވެރިޔަކަށް ލޯނު ދޫކޮށްފި

ޝަހްޒާ މުޙައްމަދު - 15 ނޮވެމްބަރު 2025 - 07:50
މިހާތަނަށް 49 މަސްވެރިޔަކަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) އިން ލޯނު ދޫކޮށްފި އެވެ.
މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާޞިލުވުމުގެ ގައުމީ ބޭންކުން ފަހިކޮށް ދިނީ މި އަހަރު އެވެ.
އެގޮތުން މަސްވެރިންނަށް ރަހުނެއް ނެތި 300،000ރ. ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެ އެވެ.
މަސްވެރިންނަށް ލޯނު ދޫކުރަނީ މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީ އަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ވެސް ލިބޭ ގޮތަށެވެ.
މަސްވެރިންނަށް ލޯނު ދޫކުރަން ފިޝަރީޒް މިނިސްޓްރީ އާއި ބީއެމްއެލްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ލޯނު ދޫކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އަދި މި މަހުގެ 9 އާ ހަމައަށް ޖުމްލަ 49 މަސްވެރިޔަކަށް ލޯނު ދޫކޮށްފައިވާ ކަމަށް އެމިނިސްޓްރީން ބުންޏެވެ.






