logo
—

ތެޔޮ ފޯރުކޮށްދޭ މަރުކަޒެއް މުލަކުގައި ތަރައްޤީކުރަނީ

profile

އަހުމަދު ޒަލީފު - 20 ފެބްރުއަރީ 2023 - 13:04

މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭ މަރުކަޒެއް މުލަކުގައި ޤާއިމު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

https://wamco.com.mv/

މިއީ ސަރުކާރުން އިސްނަގައިގެން މަސްވެރިންނަށް ފަސޭހައިން ހެޔޮ އަގުގައި ތެޔޮ ލިބޭނޭ އިންތިޒާމް ރާއްޖޭގެ އެކި ހިސާބުތަކުގައި، ހަމަޖެއްސުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަސައްކަތެކެވެ.

ފިއުލް ސަޕްލައިޒް މޯލްޑިވްސް، އެފް.އެސް.އެމްއިން, ފެލިވަރު ތެލުގެ ޙިދުމަތް ފޯރުކޮށްދޭން ވަނީ ފަށާފައެވެ.

3 ޖެނުއަރީ 2023 އިން ފެށިގެން މިފްކޯގެ ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ޚިދުމަތް އެފްއެސްއެމް އިން ވަނީ ދޭން ފަށާފައެވެ.

މިފްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެފްއެސްއެމް އިން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައިވެސް 3 ފެބްރުއަރީ އިން ފެށިގެން މި ޚިދުމަތް ދިނުމަށް ވަނީ ރޭވިފައިވާ ކަމަށެވެ.

މިފްކޯއިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 17.63ރ. އަށެވެ. މިރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދަނީ މިފްކޯގެ މަސް ބޯޓުތަކުންނާއި، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކުންނެވެ.

ސަރުކާރުން އިސްނަގައިގެން މަސްވެރިންނަށް ފަސޭހައިން ހެޔޮ އަގުގައި ތެޔޮ ލިބޭނޭ އިންތިޒާމް ރާއްޖޭގެއެކި ކަންކޮޅުތަކަށް ހަމަޖެއްސުމުގެ ޕްރޮޖެކްޓްގެ ތެރެއިން މ.މުލަކުގައި ތެޔޮ މަރުކަޒެއް ހެދުމުގެ މަޝްވަރާ ބައްދަލުވުމުގައި މުލަކު ކައުންސިލްއާއި އެކު. pic.twitter.com/4ezVqEmJJF

— FSM (@FuelSuppliesMv) February 19, 2023

އެފްއެސްއެމްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ތެޔޮ ފޯރުކޮށްދޭ ކުންފުންޏެވެ. އެކުންފުނިން އަންނަނީ މީހުން ދިރިއުޅޭ %97 ރަށަށް ތެޔޮ ފޯރުކޮށްދެމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay