logo

ކަށި މިޔަރުގެ މަސްވެރިކަމަށް ހުޅުވާލައިފި

profile

ޝަހްޒާ މުޙައްމަދު - 31 އޮކްޓޯބަރު 2025 - 17:05

ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކޮށް އެކަމާއި ގުޅޭ ގަވައިދު ނެރެފި އެވެ.

https://wamco.com.mv/

ކަށިމިޔަރު މަސްވެރިކަން ހުއްދަކުރަން ނިންމާފައިވާކަން އިއުލާނު ކުރެއްވީ އޮގަސްޓް 26ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު ވިދާޅުވީ، ކަށިމިޔަރު މަސްވެރިކަން ހުއްދަކުރާނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށް ނެރުނު ގަވައިދުގައި ބުނެފައިވަނީ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަށް ލަފާދޭ ކޮމެޓީއެއް ހަދަން ޖެހޭނެ ކަމަށާއި އެ ކޮމެޓީގައި 13 މެމްބަރުން ހިމަނަން ޖެހޭނެ ކަމަށެވެ.

ކަށިމިޔަރުގެ މަސްވެރިކަން ކުރަން އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 40 އުޅަނދަށް ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގަން ހުއްދަ ދީފައިވަނީ އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގަ އެެވެ. އެގޮތުން ކަަށިމިޔަރުގެ މަސްވެރިކަން ކުރެވޭނ،ީ މިނިސްޓްރީން ކަނޑައަޅާ އިއުލާނުކުރާ ގޮތެއްގެ މަތީން ކޮންމެ އަހަރަކު ހަތް މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ކަމަށްވެސް ގަވާއިދުގައިވެ އެވެ.

ގަވައިދުގައި ވަނީ ކަށި މިޔަރުގެ މަސްވެރިކަމުގައި އެހެން ބާވަތެއްގެ މިޔަރެއްގެ މަސްވެރިންކަން ކޮށްފިނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެެވޭނެކަމަށް ކަނޑައަޅާފަ އެވެ. އަދި ގަވައިދާ ހިލާފުވާ ފަދަ ކަމެއް ކޮށްފިނަމަ، 400،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ވެސް ކުރެވޭނެ ގޮތް ވަނީ ހިމަނާފަ އެވެ.

ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއްކުރީން ރާއްޖޭގައި ކުރި އަދި އޭގެން ބޮޑު މަންފާއެއް މަސްވެރީން ހޯދި މަސްވެރިކަމުގެ ބާވަތެކެވެ. އެކަން ހުއްޓުނީ ރާއްޖޭގައި މިޔަރުގެ އަބާދީ މަދު ވަމުން ދިއުމާ ގުޅިގެންނެވެ. އެހެން ނަމަވެސް މިހާރު މިޔަރު އާބާދީ ރާއްޖޭގައި އިތުރުވެ ބައެއް ފަހަރު މަސްވެރިންނަށްވެސް މިޔަރުގެ އުދަގޫ ބޮޑުވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމަކީ މީގެ އަހަރުތަކެއް ކުރީން ރާއްޖޭގައި ކުރަމުންގެންދިޔަ މަސްވެރިކަމެކެވެ. މީގެ 13 އަހަރު ކުރިން ނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay