logo

ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު 3 ވަނަ މީހާ ފެނިއްޖެ

profile

މުޙައްމަދު ފަޟްލޫން - 19 އޮކްޓޯބަރު 2025 - 04:54

ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު 3 ވަނަ މީހާ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

https://wamco.com.mv/

އަލްމާކް ފިޔަ ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ 3 ވަނަ މީހާގެ ހަށިގަނޑު މާލެ އަތޮޅު އާއިލާފުއްޓާއި ވިލާ ނޯޓިކާ އާއި ދެރަށް ދޭތެރެއިން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު 3 ވަނަ މީހާ ފެނިފައިވަނީ އެމީހާ ހޯދުމުގެ މަސައްކަތުގައި ޑްރޯން ބޭނުން ކުރަން ފަށާފައި ވަނިކޮށެވެ.

އެމްއެންޑީއެފުން ވަނީ ގެއްލުނު މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އަލްމާކް ފިޔަ ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އެ އުޅަނދު ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން އެރިޔަދޫ އަށެވެ.

މިހާދިސާ ހިނގިއިރު ކޮޅުވެއްޓީގައި 7 ފަޅުވެރިން ތިބިއިރު އޭގެ ތެރެއިން 4 މީހުން އެމްއެންޑީއެފުން ވަނީ ސަލާމަތްކޮށްފައެވެ.

މި ހާދިސާގައި ގެއްލުނު 3 މީހުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ހޯދާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ފީނައިގެންނެވެ.

https://wamco.com.mv/
https://www.aslu.com.mv