
ޔަމަނުގެ ހޫޘީންގެ ބޮޑު ވަޒީރު އަވަހާރަވެއްޖެ

މުޙައްމަދު ފަޟްލޫން - 31 އޯގަސްޓު 2025 - 11:53
މިދިޔަ ހަފުތާގައި އިޒްރޭލުގެ ޔަހޫދީން ޔަމަނުގެ ވެރިރަށް ސަނާއަށް ދިން ވައިގެ ހަމަލާއެއްގައި ހޫޘީންގެ ސަރުކާރުގެ ބޮޑު ވަޒީރު އަހްމަދު އަލް ރަހަވީ އަވަހާރަކޮށްލައިފި އެވެ.
ހޫޘީންގެ އޮފިޝަލަކު ވަނީ އެކަން އަލް ޖަޒީރާ ނޫހަށް ކަށަވަރުކޮށްދީ، ޔަހޫދީންގެ ކިބައިން ބަދަލުހިފާނެ ކަމަށް އިއުލާންކޮށްފައެވެ.
ހޫޘީންގެ ބުނީ އަލް ރަހަވީ އާއި އިތުރު މިނިސްޓަރުންތަކެއް އަވަހާރަވީ ބުރާސްފަތި ދުވަހު އިޒްރޭލުން ސަނާއަށް ދިން ހަމަލާއެއްގައި ކަމަށެވެ.
އަލް ރަހަވީ ބޮޑު ވަޒީރުކަން ކުރެއްވީ ޔަމަނުގައި ހޫޘީން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައެވެ.
އިޒްރޭލުގެ ހަމަލާގައި ޖުމްލަ މަރުވި މީހުންގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.
އިޒްރޭލުގެ ނޫސްތަކުން ބުނީ ހަމަލާ އަމާޒު ކުރީ ހޫޡީންގެ ބޮޑު ވަޒީރާއި ކެބިނެޓްގެ 12 މިނިސްޓަރުން އެއްވެ ތިބި ތަނަކަށް ކަމަށެވެ.
އިޒްރޭލުން މީގެ ކުރިން ވެސް ވަނީ ހޫޘީންގެ ޓާގެޓްތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ.
ރައްދުގައި ހޫޘީންގެ ވެސް ވަނީ އިޒްރޭލާއި ރަތް ކަނޑުގައި ހަރަކާތްތެރިވާ ހުޅަނގުގެ އުޅަނދުތަކަށް ހަމަލާދީފަ އެވެ.
ހޫޘީން ބުނީ އެ ހަމަލާތަކަކީ ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ތާއީދު ހާމަކުރުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށާއި އިޒްރޭލުގެ ހަމަލާތަކަށް ފަސްނުޖެހޭނެ ކަމަށެވެ.
އިޒްރޭލުން އަންނަނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ފަލަސްތީނުގައި ތިބި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ކޮންމެ ދުވަހަކު ވެސް އެތައް ރައްޔިތުންނެއް މަރަމުންނެވެ. ފަލަސްތީނުގައި ތިބި ރައްޔިތުންނަށް ކާބޯތަކެތި ނުލިބި އެ ރައްޔިތުން ބަނޑަށް މަރުވާ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން