logo

ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

profile

ރިޟްވާން މޫސާ - 25 މާރިޗު 2026 - 07:06

ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ އެވެ

https://wamco.com.mv/

ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނައިން އަބަދުވެސް ފަތުރުވެރިން އަންނަ ގައުމުކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމަ އާއި ގުޅިގެން ރާއްޖެއަށް ޒިޔާރަތް ކުރަން ހަމަޖެހިފައިވާ ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ފްލައިޓްތައް ކެންސަލް ވުމުގެ ސަބަބުން ރާއްޖެ ނާދެވިފަ އެވެ.

އެހެން ކަމުން ފަތުރުވެރިކަމުގެ ދާއިރާއަށް މި ހަނގުރާމަ އާއި ގުޅިގެން ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ލަފާކޮށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއްވެސް އަޅަން ފަށާފަ އެވެ.

ފަތުރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 90،189 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %15.2 އެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1292 ތަނެއް ވަނީ ހުޅުވާފައެވެ. އަދި މި ތަންތަނުގެ ބެޑް ކެޕޭސިޓީ 67،454 އަށް އަރައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ވައިގެ މަގުން 595،405 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ކަނޑުމަގުން 6،302 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދަކީ 405،798 ފަތުރުވެރިންނެވެ. އަދި ގެސްޓްހައުސްތަކުގައި 156،223 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. ހޮޓެލްތަކުގައި 17،063 ފަތުރުވެރިން އަދި ސަފާރީތަކުގައި 12،615 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk