logo

ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ ރިސޯޓް ހިއްސާރަަދަކަށް ހަދާނަން: ރައީސް

profile

ޝަހްޒާ މުޙައްމަދު - 05 ފެބްރުއަރީ 2026 - 05:39

ސަރުކާރުން މިހާރު ނިންމައިފައިވަނީ ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓް ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކު ހިއްސާދާރަކަށް ހަދައި، ބޭރު ފައިސާ އެކައުންޓަށް ޖަމާ ކުރެވޭގޮތަ ހައްދަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ދިވެހިރާއްޖޭގެކޮންމެ ރައްޔިތަކީ ރިސޯޓުތަކުގެ ހިއްސާދާރަކަށް ހަދައި، ފަތުރުވެރިކަމުގެސިނާޢަތުން ލިބޭ ފައިދާ ސީދާ ރައްޔިތުންގެ ބޭންކު އެކައުންޓުތަކަށްޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވައިފިއެވެ.

ރިޔާސީ ބަޔާންއިއްވަވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ ޙަޤީޤީވެރިންނަކީ ރައްޔިތުން ކަމަށްވާތީ، އެ ރައްޔިތުންނަށް އިޤްތިޞާދީ މަންފާހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ.

މިި މަޝްރޫޢުގެދަށުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ކުންފުންޏެއްމެދުވެރިކޮށް ރިސޯޓުތަކެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.ރައީސް ވިދާޅުވި ގޮތުގައި، މި ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް، އެއްވެސްރައްޔިތަކު ބާކީނުކޮށް، ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކުއެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދެވޭނެއެވެ. އަދި ދިވެހިރާއްޖޭގެ އައިޑީކާޑުއޮތް ކޮންމެ ރައްޔިތަކީ މި ރިސޯޓުތަކުގެ ހިއްސާދާރެއް ކަމުގައި ޤާނޫނަކުންކަނޑައަޅާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ސިނާޢަތަށް ބައި ގަރުނަށްވުރެ ގިނަ ދުވަސްވީއިރު ވެސް މި ދާއިރާއިން ދިވެހި ހުރިހާ ރައްޔިތުންގެ ޖީބަށް ސީދާ ގޮތެއްގައި އެންމެ ލާރިއެއް ވެސް ލިބޭނެ އެއްވެސް މަގެއް އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައެއް ނެތް،" ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

2030 އާ ހަމައަށް މިއިންވެސްޓްމަންޓުން ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނެކަމަށް ރައީސްއަންދާޒާކުރައްވައެވެ. ރައީސް އަންދާޒާ ކުރައްވާ ގޮތުގައި އެއިރު ދިވެހި ކޮންމެ ރައްޔިތެއްގެ އެކަންުންޓަށް 400 ޑޮލަރު ވަންނާނެއެވެ. އެހެންކަމުން ، މިސާލަކަށް، ފަސް މެންބަރުންގެ އާއިލާއަކަށް އަހަރަކު 2000 ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރަޙައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްއަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ފަތުރުވެރިކަން އެދެވޭ ގޮތެއްގައިކުރިއަރާފައި ނުވާ އަތޮޅުގައި ހަލާލުޓުއަރިޒަމް ހިމެނޭހެން އިންވެސްޓްމަންޓުތަކަށް ހުޅުވާލާފައިވާ ކަމަށެވެ. މީގެތެރެއިން މިހާތަނަށް އަށް ތަނެއް އެވޯޑްކޮށް، ހަތް ތަނެއްގެ އެއްބަސްވުމުގައިސޮއިކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހަލާލުޓުއަރިޒަމަށް ޚާއްޞަ އެއްރަށް މިހާރު ވަނީ ކުއްޔަށް ދޫކުރެވިފައިވާކަން ވެސްރައީސް ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގެފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓުމިހާރު ހުޅުވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ ރިސޯޓުގެ މެނޭޖްމަންޓާގުޅިގެން ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.މީގެ އިތުރުން، ހުއްޓިފައި އޮތް އައްޑޫ ހަންކެޑެ މަޝްރޫޢު ވެސް އިންޓެގްރޭޓެޑްޓުއަރިޒަމް ތަރައްޤީ ކުރުމަށްޓަކައި އަލުން އެވޯޑްކޮށްފައިވާކަން ރައީސްގެވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އައު ސިސާސަތުގެސަބަބުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފަތުރުވެރިކަމުގެ ސީދާ މަންފާކޮންމެ ރައްޔިތަކަށް ލިބިގެންދާނެ ކަމަށާއި، މިއީ އިޤްތިޞާދީ ގޮތުން ރައްޔިތުންބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay