logo

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ހަފްލާ ރާއްޖޭގައި ބާއްވަނީ

profile

މުޙައްމަދު ފަޟްލޫން - 16 ފެބްރުއަރީ 2026 - 15:41

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް" (ޑަބްލިއުޓީއޭ)ގެ އިންޑިއަން އޯޝަން ގާލާ ހަފްލާ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.

https://wamco.com.mv/

މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމަށްވާ 27 ސެޕްޓެމްބަރު 2026 ގަ އެވެ.

އެންމެ ފަހުން ރާއްޖޭގައި މި ތާރީހީ ހަފްލާ ބާއްވާފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ.
ސަރަޙައްދީ ހަފުލާތަކަށްފަހު، އަހަރު ނިމޭއިރު ބާއްވަނީ ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ހޮވާ ގްރޭންޑް ފައިނަލް އެވެ.
މި ހަފްލާ އަލުން ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަން އިޝްތިހާރުވެ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަވާނެ ކަމެކެވެ.
މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން "ވިޒިޓް މޯލްޑިވްސް ވީކް" ގެ ނަމުގައި ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.

މި ހަފްލާއާ ގުޅުވައިގެން ތަފާތު ނެޓްވޯކިންގ އިވެންޓްތައް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މީގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ލީޑަރުންނާއި ގުޅުން ބަދަހިކުރުމެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އައު ބާބެއް ބައްޓަންކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk