
ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް
ޕީއެންސީގެ ކެންޑިޑޭޓެއް އަމިއްލަ ގޮތުންވެސް އަދި އެހެން ޕާޓީއަކުންވެސް ކުރިމަތިލާފައެއް ނުހުންނާނެ: ފަލާހް

މުޙައްމަދު ފަޟްލޫން - 16 ފެބްރުއަރީ 2026 - 18:10
ކުރިއަަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓެއް އަމިއްލަ ގޮތުންވެސް އަދި އެހެން ޕާޓީއަކުންވެސް ކުރިމަތިލާފައި ނުހުންނާނެ ކަމަށް ޕީޖީ ލީޑަރު އިބްރާޙިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި މާލެ ސިޓީ މާފަންނަށް ވާދަކުރާ ފަރާތްތަކުގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ފަލާޙް ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުންނަކީ ޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ކަމަށެވެ.
ބައެއް ފަރާތްތަކުން ޕީއެންސީގެ ކެންޑިޑޭޓުން އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރާ ކަމަށް އަޑުތައް ފަތުރަމުންދާތީ ފަލާހް ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. އެގޮތުން ފަލާހް ވިދާޅުވީ ބައެއް ހިސާބުތަކުގައި ޕީއެންސީގެ ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރަމުންދާ ކަމަށް ބުނަމުންދާ ކަމަށް ވިދާޅުވިއެވެ.
ޕީއެންސީގެ ފަރާތުން އަމިއްލަ ގޮތުން ވާދަކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފް ދޮގު ވާހަކަތަކެއް ކަމަށް ފަލާހް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ.
ބައެއް ކެންޑިޑޭޓުންނަށް އަމިއްލަ ގޮތުން ވާދަކުރުމަށްފަހު އިންތިހާބު ކާމިޔާބު ކުރުމަށްފަހު ބޮޑު މަންފާއެއް ހޯދުމަށް ކޮންމެވެސް ޕާޓީއަކާއި ގުޅިވަޑައިގެންނެވިދާނެ ކަަމަށް ހީފުޅުކުރައްވަމުންދާ ކަމަށް ފަލާހް ވިދާޅުވިއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫންކަމަށް ފަލާޙް ވިދާޅުވިއެވެ.
މިއަދު ޕީއެންސީ އާއި ރައީސް ޑރ މުހައްމަދު މުއިއްޒު އަށް މުހިއްމީ ޕީއެންސީގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އިންތިހާބު ކާމިޔާބު ކޮށްދިނުން ކަމަށް ފަލާހް ވިދާާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ވޯޓަކުން މެނުވީ ގާނޫނު އަސާސީއަށް ރައީސް އިސްލާހެއް ނުގެންނަވާނެ: ނައިބު ރައީސް
2 ގަޑިއިރު ކުރިން

ރައީސްގެ ތަސައްވުރަކީ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީ: ފަލާހް
2 ގަޑިއިރު ކުރިން

މި ނުކުންނަނީ މާފަންނު ޕީއެންސީ ކެންޑިޑޭޓުން ހޮވަން: މުސްތޮ
3 ގަޑިއިރު ކުރިން

ރައީސް ޑރ މުއިއްޒު ބަންގްލަދޭޝް އަށް ފުރާވަޑައިގެންފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)