logo
ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް

ރައީސްގެ ތަސައްވުރަކީ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީ: ފަލާހް

profile

މުޙައްމަދު ފަޟްލޫން - 16 ފެބްރުއަރީ 2026 - 18:09

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ ހަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ކަމަށް ލޯކަލް ކައުންސިލްގެ ޕީއެންސީގެ ކެމްޕޭން މެނޭޖަރު އަދި ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙިމް ފަލާހް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި މާފަންނަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން އިފްތިތާހްކުރަން ބޭއްވުނު ހަފްލާގައި ފަލާހް ވިދާޅުވީ ގައުމެއްގެ ހަމަޖެހުމާއި އަމާންކަމާއި ކުރިއެރުމަށް އެންމެ މުހިއްމު 3 ކަމަކީ ހަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ކަމަށެވެ.

ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ ސިޔާސީ ޕާޓީތައް ހިމެނޭކަން ނޫސްތަކާއި އިއުލާންތަކުން ފެނުނު ނަމަވެސް މިފަހަރު ފާހަގަވެގެން ދަނީ އިންތިހާބުތަކުގައި މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ހަމައެކަނި ޕީއެންސީ އަދި އެމްޑީޕީ އިން ކަމަށް ފަލާހް ވިދާޅުވިއެވެ. އަޑުގަދަ ބައެއް ސިޔާސީ ޕާޓީތަކުން އިންތިހާބުގައި ވާދަނުކުރާ ކަމަށާއި އަނެއްބައި ޕާޓީތަކުން 4 ކެންޑިޑޭޓުން ކުރިމަތިލާފައިވާތަން ފެނިގެންދާ ކަމަށް ވިދާޅުވިއެވެ.

ބައެއް ސިޔާސީ ޕާޓީތަކުން 6 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ޕީއެންސީ އާއި އެމްޑީޕީ ފިޔަވައި ބާކީ އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިންވެސް ލޯކަލް ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނިސްބަތް އުޅެނީ 17 ގައި ކަމަށް ފަލާހް ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ އަދަދަކަށް މިނިވަން ކެންޑިޑޭޓުން ކުރިމަތިލާފައިވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މިނިވަން ކެންޑިޑޭޓުންނަކީވެސް ސަރުކާރުގެ ކެންޑިޑޭޓުން ކަމަށް ބައެއް ހިސާބުތަކުގައި އަޑުފެތުރެމުންދާއިރު، މިނިވަން ކެންޑިޑޭޓުންނާއި މެދު ސަމާލުވުމަށް ފަލާހް އިލްތިމާސްކުރެއްވިއެވެ.

ޕީއެންސީގެ ފަރާތުން ތާއީދުކުރާ މިނިވަން އެއްވެސް ކެންޑިޑޭޓެއް ނުހުންނާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.

ޕީއެންސީގެ ކެންޑިޑޭޓުންނަކީ ޕީއެންސީގެ ފަރާތުން ޓިކެޓް ދީގެން ކުރިމަތިލައްވާފައިތިބި ކެންޑިޑޭޓުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk