logo
ނައިބު ރައީސް  އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް

ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް

ރައްޔިތުންގެ ވޯޓަކުން މެނުވީ ގާނޫނު އަސާސީއަށް ރައީސް އިސްލާހެއް ނުގެންނަވާނެ: ނައިބު ރައީސް

profile

މުޙައްމަދު ފަޟްލޫން - 16 ފެބްރުއަރީ 2026 - 18:10

ރައްޔިތުންގެ ވޯޓަކުން މެނުވީ ގާނޫނު އަސާސީއަށް ރައީސް އިސްލާހެއް ނުގެންނަވާނެ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހުކުރަން ބޭއްވުނު ހަފްލާގައި ބައިވެރިވެ ވަޑައިގެން ނައިބު ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ނިންމެވި ނިންމެވުމަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ގަރާރެއް ނެރުއްވާފައިވާ ކަމަށެވެ.

ރައްޔިތުންގެ ސީދާ ވޯޓަކުން މެނުވީ ގާނޫނު އަސާސީ އިން އެލާޒިމްކުރާ އެއްވެސް ކަމެއް އޭގެ އެންމެ ފުރިހަމަ އިހްތިރާމާއި އެކުގައި މެނުވީ ރައީސް އެއްވެސް ކަމެއް ނުނިންމަވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ޔަގީންކަން ދިވެހި ކޮންމެ ރައްޔިތަކަށް އެބައޮތް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ރައީސް ޑރ މުއިއްޒަށް އިތުބާރު ކުރައްވައި އެމަނިކުފާނަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިވެހި ލޮބުވެތި ރައްޔިތުން އެކި ދާއިރާތަކުން ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.

މެމްބަރުން މަޖިލީހުގައި ދައްކުވައިދިނީ ގާނޫނު އަސާސީ އަށް ފުރިހަމައަށް އިހްތިރާމް ކުރާނެ ކަމުގެ ނަމޫނާއެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ގާނޫނު އަސާސީ ލާޒިމް ކުރިގޮތަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ވޯޓް އެއްކޮށް ނެގުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޖިލިސް މެމްބަރުން ނިންމެވީ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ވެސް ނިންމެވީ ރައްޔިތުންގެ ހިޔާލު ދެ އިންތިހާބު އެއްކޮށްލުމުގައި ހޯދުމަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުގެ ވާހަކައަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ މުއިއްޒު ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުން އެމަނިކުފާނުގެ އަރިހުގައި ދަންނަވާފައިވާ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ހުށަހަޅުއްވާފައި އޮތް ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކޮށްލުމަކީ އެކަމުގެ ސަބަބުން ދައުލަތަށް ނުހަނު ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ދެއިންތިހާބު އެއްކޮށްލުމުގެ ނަތީޖާ ކިތަންމެހާވެސް ރަނގަޅުވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ސަރުކާރު ޖަވާބުދާރީ ކުރުމަށް ޒިންމާދާރު މަސައްކަތްތަކެއް ކުރުމަކީ ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް އަސާސް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީ އިން ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމާއި ގުޅިގެން އޭރުއޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން މަޖިލިސް ތެރެއިން ގާނޫނާއި ހިލާފަށް ނޯކޮންފިޑެންސް ވޯޓެއް ނެގުމަށް މަސައްކަތް ކުރެއްވި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk