logo
މާފަންނު  ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ

މި ނުކުންނަނީ މާފަންނު ޕީއެންސީ ކެންޑިޑޭޓުން ހޮވަން: މުސްތޮ

profile

މުޙައްމަދު ފަޟްލޫން - 16 ފެބްރުއަރީ 2026 - 16:53

މި ނުކުންނަނީ މާފަންނު ޕީއެންސީ ކެންޑިޑޭޓުން ހޮވަން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ، މުސްތޮ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި މާލެ ސިޓީ މާފަންނަށް ވާދަކުރާ ފަރާތްތަކުގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން މުސްތޮފާ ވިދާޅުވީ މާފަންނު އޮންނާނީ އަބަދުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވާ ކޮންމެ ކަމަކަށް ތައްޔާރަށް ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ބަރުލަމާނީ ހަޔާތެއްގައި އެއް އަވަށުން އެ އަވަށެއްގެ ހުރިހާ ކެންޑިޑޭޓުން އެއްވެގެން ކާމިޔާބު ކުރުމަށް ހުރިހާ ކެންޑިޑޭޓުން އެކީގައި ނިކުންނަ ފުރަތަމަ އިންތިހާބު ކަމަށް މެމްބަރު ވިދާޅުވިއެވެ.

މީގެ ކުރިން ފެންނާނީ މުޅި މާލެ ނޫނީ ކޮންމެވެސް އެއް ދާއިރާއެއްގެ ކެމްޕޭން އިފްތިތާހު ކުރުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

މިފަހަރު މާފަންނު އެކުގައި ނުކުމެ ތިބީ ޕީއެންސީ އަށް މާފަންނުގެ ގޮނޑިތަކާއި މޭޔަރު ގޮނޑި އާއި ޑަބްލިޔުޑީސީގެ ރައީސްގެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

މާފަންނަކީ ތަފާތު ބައެއް ކަމަށް މުސްތޮފާ ވިދާޅުވިއެވެ. ތަނެއް ހިއްކަން ނިކުތަސް މާފަންނު ނިކުންނާނީ މާފަންނުގެ ގޮތުގައި ކަމަށް މެމްބަރު ވިދާޅުވިއެވެ.

މާފަންނަކީ މާލޭގެ ހުޅަނގު ފަރާތްތަކަމާއި އެފަރާތް ވަރަށް ވަރުގަދަވާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މާފަންނުން ފަށާ ކެމްޕޭން ހެންވޭރާއި ހުޅުމާލެ އާއި ވިލިމާލެ އިން ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް މުސްތޮފާ ވިދާޅުވިއެވެ.

ރައްޔިތުންނަށްޓަކައި ރައީސް ކުރައްވާ މަސައްކަތް ގަބޫލުކުރާ ކަމަށް މެމްބަރު ވިދާޅުވިއެވެ. މާފަންނުގެ ރަސްފަންނު ސަރަހައްދަކީ މީގެ ކުރިން އެއްވެ އުޅެވެން އޮތްތަނެއް ނޫންކަން ފާހަގަކުރައްވައި ރަސްފަންނު ހައްދަވައިދެއްވީ ރައީސް ޑރ މުއިއްޒު ކަމަށް މުސްތޮފާ ވިދާޅުވިއެވެ. އެހެންކަމުން ރައީސް ދައްކަވާ ކޮންމެ ކެންޑިޑޭޓަކަށް ތާއީދު ކުރާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒަކީ މާފަންނަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއް ކަަމަށް މެމްބަރު ވިދާޅުވިއެވެ.

މުސްތޮފާ ވިދާޅުވީ މިފަހަރު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ނަގާނީ ޕީއެންސީގެ ފަރާތުން ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk