logo

ނައިފަރު ބިން ހިއްކުމުގެ މައްސައްކަތް ހަލުވި ކަމާ އެކު ކުރިޔަށް

profile

އައިމިނަތު ޒައިބާ - 31 މާރިޗު 2026 - 05:08

ޅ.ނައިފަރުގެ ބިން ހިއްކުމުގެ މައްސްއްކަތް ހަލުވިކަމާއެކު ކުރިޔަށް ދާ ކަމަށް އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމްޓީސީސީން ވިދާޅުވީ، ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކޮނުމާއި ހިއްކުމުގެ މަސައްކަތް ކަމަށެވެ. އަދި ވެލިގަނޑު އެއްކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ދަށުން، 44.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަސައްކަތަކީ 679.03 މިލިއަން ރުފިޔާއަށް 630 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީ އާއި ހަވާލު ކުރެވިފައިވާ މަޝްރޫއެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk