logo

5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ދޭން ފަށަނީ

profile

ޔޫޝައު ހަސަން - 14 ފެބްރުއަރީ 2023 - 10:45

ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިން

ރާއްޖޭގައި އުމުރުން ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް-19 އިން ދިފާއު ވުމަށް ޖަހާ ވެކްސިން ދޭން ފަށަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ތައްޔާރުވެއްޖެއެވެ.

https://wamco.com.mv/

މިކަން ހާމަކޮށް އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކޮވިޑްއިން ރައްކާތެރިވުމަށް އުުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ދެވޭ ފައިޒަރ ވެކްސިން ރާއްޖެއަށް މިހާރު ލިބިފައިވާ ކަމަށެވެ.

އަދި މި ވެކްސިން މި އުމުރު ފުރާ ކުދިންނަށް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވަައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަން އިން ލަފާ ދެއްވާފައިވާ ކަަމަށްވެސް އެޗްޕީއޭގެ އެ އިއުލާނުގައި ބުނެފައި ވެއެވެ.

މިއަދުން ފެށިގެން އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ވަނީ ހުޅުވާލާފައެވެ.

އެގޮތުން މާލޭގައި ވެކްސިން ސެންޓަރތަކުގެ އިތުރުން، އަތޮޅު ތެރޭގެ ހޮސްޕިޓަލް އަދި ހެލްތް ސެންޓަރުތަކުން ފައިޒަރ ވެކްސިން ލިބެން ހުންނާނެ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

އެޗްޕީއޭ އިން ބުނެފައިވާގޮތުގައި، އުމުރުން 12 އަހަރުން މަތީގެ ކުދިންނަށްވެސް ފައިޒަރ ވެކްސިން ލިބެން ހުންނާނެ އެވެ. އެހެންކަމުން ވެކްސިންގެ ޑޯޒްތައް އަދި ބޫސްޓަރ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ޖެހުމަށް ވަނީ އަންގާފައެވެ.

މާލެ ސަރަހައްދުގައި ފައިޒަރ ވެކްސިން ޖަހާނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން، ދަމަނަވެށީގައެވެ.

ރާއްޖޭގައި މިހާތަނަށް 399،178 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވެއެވެ. އޭގެ ތެރެއިން 385،099 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ބޫސްޓަރ ޑޯޒްގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދަކީ 167،635 އެވެ. އަދި ބޫސްޓަރ ޑޯޒްގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ އެންމެ 1،523 މީހުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ފައިތުވެދިޔަ ހަފްތާ ގައި މާލެ އާއި އަތޮޅު ތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންވެސް އެއްވެސް ކޮވިޑް ވޭދަނައެއް ފެނިފައެއް ނުވެއެވެ.

މިހެންވިޔަސް ރައްކާތެރި ގޮތަކީ ވެކްސިން ޖަހައި، އެ ބައްޔާއި ދެކޮޅަށް ތައްޔާރުވެ ތިބުމެވެ.

މިހާތަނަށް ރާއްޖެއިން 185،723 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި 311 މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.

https://wamco.com.mv/
tel:+9607331319