logo
ރައީސް ސޯލިހާއި، ފޮރިން މިނިސްޓަރ ޝާހިދު

ރައީސް ސޯލިހާއި، ފޮރިން މިނިސްޓަރ ޝާހިދު

ރައީސްގެ ފޯމިއުލާ ހޯދަން އެދުނު ގައުމުތައް 5 ދުވަސްތެރޭގައި ހާމަކުރުމަށް އަންގައިފި

profile

މުޙައްމަދު މުއައްވަޒު - 25 އޭޕްރީލު 2023 - 12:24

ކޮވިޑް-19 އަށްފަހު ކުރިމަތިވި އިގްތިސާދީ ހާލަތުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ބޭނުންކުރެއްވި ފޯމިއުލާ ހޯދުމަށް އެދުނު ގައުމުތައް ފަސް ދުވަސްތެރޭގައި ހާމަކުރުމަށް އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި އެވެ.

https://wamco.com.mv/

ކޮވިޑް-19އަށް ފަހު ކުރިމަތިވި އިގްތިސާދީ ހާލަތުން އަރައިގަތުމަށް ރައީސް ސާލިހު ބޭނުންކުރެއްވި ފޯމިއުލާ ހޯދަން ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރިން އެދިލައްވާފައިވާކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހާމަކުރެއްވީ މިދިޔަ ޖެނުއަރީމަހު އައްޑޫސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް ސާލިހުގެ ފޯމިއުލާ ހޯދުމަށް "ދިޔަރެސް" އިން ފޮރިން މިނިސްޓްރީގައި އެދިލެއްވުމުން އެމިނިސްޓްރީން ވަނީ އެމައުލޫމާތު ހާމަކުރުމަށް ދެކޮޅުހަދާފައެވެ.

ފޮރިން މިނިސްޓްރީން އެކަމަށް ދެކޮޅުހަދާފައިވަނީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ލިބޭ ލިޔުންތަކަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961) އަދި ވިއޭނާ ކޮންވެންޝަން އޮން ކޮންސިއުލާ ރިލޭޝަންސް (1963) ގެ ދަށުން ހިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ލިޔުންތަކެއް ކަމަށް ބުނެއެވެ.

އެކަމާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީޙުގައި މިއަދު ބޭއްވުނު އަޑު އެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ އެމައުލޫމާތަކީ އެ އިދާރާގައި ހުރި މައުލޫމާތުތޯ ނުވަތަ ނޫންތޯ ސުވާލުކުރައްވާފައެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ވަނީ އެކަމާއި ގުޅޭގޮތުން ދޭނެ އިތުރު ޖަވާބެއް ނެތް ކަމަށް ބުނެފައެވެ. އެ ސުވާލު އެތައް ފަހަރަކު ތަކުރާރުކުރުމުންވެސް ފޮރިން މިނިސްޓްރީން ވަނީ އެ ސުވާލަށް ޖަވާބުދިނުމަށް ދެކޮޅުހަދާފައެވެ.

މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތުގައި އެ ގާނޫނުގެ ދަށުން ހޯދަން އެދޭ މައުލޫމާތަކީ އެއިދާރާއެއްގައި ހުރި މައުލޫމާތެއްތޯ ނުވަތަ ނޫންތޯ މައުލޫމާތު ހޯދަން އެދޭ ފަރާތައް ހާމަކުރަންޖެހެއެވެ.

މައްސަލަ ނިންމަވަމުން އާހިދު ވަނީ، ފޮރިން މިނިސްޓްރީން ކުރިން ދީފައިވާ ޖަވާބުގައި އެ މައުލޫމާތުތަކަކީ އެ އިދާރާގައި ހުރި މައުލޫމާތުތައް ކަމަށް ދޭހަވާތީ އާއި، އެ މިނިސްޓްރީން އެކަން އިތުރަށް ޔަގީންކޮށްދިނުމަށް ދެކޮޅު ހަދާތީ އެ މައުލޫމާތަކީ އެއްވެސް ގޮތަކަށް ބަލަހައްޓާ މައުލޫމާތެއް ކަމުގައިވާނަމަ އެ ގައުމުތަކާއި ގައުމުތަކުގެ ވެރިންގެ ނަން ފަސް ދުވަހުގެ ތެރޭގައި ހާމަކުރުމަށް އަންގާފައެވެ.

https://wamco.com.mv/
https://www.aslu.com.mv