logo
އާސަނަލް އަދި ސައުތްްހެމްޓަން ބައްދަލުކުރި މެޗު

އާސަނަލް އަދި ސައުތްްހެމްޓަން ބައްދަލުކުރި މެޗު

ލީގުހޯދުމުގެ ރޭހުގައި ވާދަކުރާ އާސަނަލް، ސައުތްހެމްޓަން އަތުން އެއްވަރު !

profile

އަހުމަދު ލައްމާހު އަޒީޒު - 22 އޭޕްރީލު 2023 - 04:49

އިނގިރޭސި ޕްރިމިއާ ލީގުގައި އާސަނަލް ރޭ ސައުތްހެމްޓަން އާ ދެކޮޅަށް ކުޅުނު މެޗު 3-3 އިން އެއްވަރު ވެއްޖެ އެވެ.

https://wamco.com.mv/

އާސަނަލް ދަނޑުގައި ކުޅުނު މެޗުގެ ނަތީޖާއާ އެކުވެސް އަދިވެސް ލީގުގެ އެއްވަނައިގައި އޮތީ އާސަނަލް އެވެ. އެގޮތުން ރޭގެ މެޗުގެ ފުރަތަަމަ މިނެޓުގައި އެޓީމުގެ ކާލޯސް އަލްކަރާޒް ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ނަގައިދިން އިރު، 14 ވަނަ މިނެޓުގައި ތިއޯ ވޮލްކޮޓް ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ސައުތްހެމްޓަން އިން ލީޑު ނެގިތާ 6 މިނުޓުފަހުން އާސަނަލް އިން ވަނީ އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަކާ ތަނަވަސް ކޮށްދިން ފުރުސަތަކުން މާޓިނެލީއެވެ.

ދެވަނަ ހާފު ފަށައިގެން 66 ވަނަ މިނުޓުގައި ތެރޭގައި ލިިބުނު ކޯނަރެއްގައި އައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި ސައުތްހެމްޓަން އިން ލީޑު އިތުރަށް ފުޅާކޮށްދިނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރޮއޭޝިޔާ ޑިފެންޑަރު ޑުޖޭ ކެލެޓާ- ކާރު އެވެ. މިގޮތުން ދެވަަނަ ހާފުގެ 88 ވަނަ މިނެޓުގައި އެޓީމުގެ ދެވަަނަ ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކޮށްދިން އިރު، އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 90 ވަނަ މިނެޓުގައި ސަކާއެވެ.

މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 32 މެޗުން އާސެނަލް އަށް 75 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާއަށް 30 މެޗު ކުޅެގެން ވަނީ 70 ޕޮއިންޓް ލިބިފައެވެ.

އަދި ސައުތްހެމްޓަން އޮތީ ކުޅުނު 32 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay