logo

ގެމަނަފުށީ ސިއްހީ މަރުކަޒުގެ މަސައްކަތްތަކެއް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

profile

މުޙައްމަދު މުއައްވަޒު - 19 އޭޕްރީލު 2023 - 15:52

ގެމަނަފުށި ސިއްހީ މަރުކަޒުގެ މަސައްކްތަތަކެއް ކުރުމަށް ވީރު ގްރޫޕާ ވަނީ ހަވާލުކޮށްފައި ---ފޮޓޯ| ހެލްތު މިނިސްޓްރީ

ގެމަނަފުށި ސިއްހީ މަރުކަޒުގެ މަސައްކްތަތަކެއް ކުރުމަށް ވީރު ގްރޫޕާ ވަނީ ހަވާލުކޮށްފައި ---ފޮޓޯ| ހެލްތު މިނިސްޓްރީ

ގއ. ގެމަނަފުށީ ސިއްޙީ މަރުކަޒުގެ މަސައްކަތްތަކެއް ކުރުމަށް ހެލްތު މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.

ގެމަނަފުށީ ޞިއްޙީ މަރުކަޒުގެ ވަށާފާރު ރޭނުމާއި، ޞިއްޙީ މަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކުރުމަށް ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިންއެވެ. އަދި ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑްފަރާތުން ސޮއިކުރެއްވީ ސީއީއޯ އަޙްމަދު ޒިޔާދުއެވެ.

ހެލްތު މިނިސްޓްރީން މި މަސައްކަތް ވީރު ގްރޫޕާ ހަވާލުކޮށްފައިވަނީ 1.3 މިލިއަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

tel:+9607331319