logo

ޕާސްޕޯޓް ހަދާ މިންވަރު އިތުރުވެ، އިމިގްރޭޝަނަށް ބާރު ބޮޑުވެއްޖެ

profile

އަހުމަދު ޒަލީފު - 09 މޭ 2023 - 12:20

ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓަށް އެދޭ މިންވަރު ވަނީ އިތުރުވެފައި

ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓަށް އެދޭ މިންވަރު ވަނީ އިތުރުވެފައި

ސްކޫލް ބޮޑު ޗުއްޓީ ދުވަސްވަރު ގާތްވެފައިވާތީ، ޕާސްޕޯޓް ހައްދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، މޯލްޑިވްސް އިމިގްރޭޝަނަށް ބާރު ބޮޑުވެއްޖެއެވެ.

https://wamco.com.mv/

މީގެ ކުރިން އާންމުކޮށް ދޫކުރަމުން ދިޔައީ ދުވާލަކަށް 160-170 ޕާސްޕޯޓެވެ.

ނަމަވެސް މިހާރު ދުވާލަކު 280 އެއްހާ ޕާސްޕޯޓް ދޫކުރަމުންދާ ކަމަށާއި އަދި ދުވާލަކު 300 އަށްވުރެ ގިނަ މީހުން ޕާސްޕޯޓް ހައްދަން އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޕްލިކޭޝަން ގިނަވި ނަމަވެސް އަދި އިމިގްރޭޝަންގެ ޚިދުމަތް ދޭން ނިންމައިފައިވަނީ ހަމައެކަނި ރަސްމީ ގަޑީގައެވެ.

މިދިޔަ ހަފުތާއިން ފެށިގެން ޕާސްޕޯޓް ހައްދާ މިންވަރު އިތުރުވެފައިވާއިރު އާއްމުކޮށް އެ ތަނުން ދޫކުރަނީ 160އެއްހާ ޕާސްޕޯޓެވެ. ނަމަވެސް މިހާރު 280އަށްވުރެ ގިނަ ޕާސްޕޯޓް ދޫކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޮޑު ޗުއްޓީގައި ވެސް ޕާސްޕޯޓު ޚިދުމަތަށް ބާރު ބޮޑުވެ ދުވާލެއްގެ މައްޗަށް 800 ވަރަކަށް ޕާސްޕޯޓް ހަދަން ވެސް ހުށަހެޅިއެވެ.

މިދިޔަ އަހަރު މާ ބޮޑަށް ބާރުބޮޑުވެ، އިމިގްރޭޝަނުން ވަނީ އިތުރު ގަޑި އާއި ބަންދު ދުވަސްތަކުގައި ވެސް ޚިދުމަތްދީފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay