
ނައިބު ރައީސް ފައިސަލް ނަޞީމް ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ރޯދައަށް ވަމުންދާ ތައްޔާރީތައް ނައިބު ރައީސް ބައްލަވާލައްވައިފި

އަހުމަދު ޒަލީފު - 10 މާރިޗު 2023 - 06:18
މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ހުޅުމާލޭ ރައްޔިތުން ވަމުންދާ ތައްޔާރީތައް ނައިބު ރައީސް ފައިސަލް ނަޞީމް ބައްލަވާލައްވައިފިއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހުޅުމާލޭގެ މިސްކިތަށާއި، ގަރާޖަށާއި، ވޮލީ ކޯޓަށާއި، ޕާކަށާއި، އެމް.ޑަބަލިއު.އެސް.ސީ ފްލެޓަށާއި، ޕެޓްރޯލް ޝެޑަށާއި، ހުޅުމާލޭގައި ހުރި ބައެއް ފިހާރަތަކުގެ އިތުރުން މީހުން އާންމުކޮށް ގޮސް އުޅޭ ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވާފައެވެ.
އަދި އެތަންތަނުން ރަމަޟާން މަހަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައި އިތުރަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވެވިއެވެ.
މި ޒިޔާރަތް ކުރެއްވުމުގައި ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ފަރާތުން ވަނީ ހުޅުމާލޭގައި ދިމާވާ ބައެއް ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.
މާލޭ ސިޓީ ކައުންސިލުންވެސް ގެންދަނީ މާލޭ ސަރަހައްދުގައި ހުރި މިސްކިތްތައް މަރާމާތު ކުުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 15 މިިސްކިތެއްގައި މިހާރު މަސައްކަތް ކުރެވުންދާ ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކޮްމެ އަހަރަކުވެސް ރަަމަޟާން މަހާއި ދިމާކޮށް ރަށްރަށުގައިވެސް އެ ރަށްރަށް ޒީނަތްތެރި ކުރުމަށްޓަކައި އެކި ކަންކަން ކުރިއަށް ގެންދެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން