
ކަނޑުމަސް
މިދިޔަ ޖެނުއަރީ މަހު ރާއްޖެއިން 8576.2 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފި

އަހުމަދު ޒަލީފު - 08 މާރިޗު 2023 - 10:41
މިދިޔަ ޖެނުއަރީ މަހު ރާއްޖެއިން 8576.2 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފިއެވެ.
މިޢަދަދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކުރި 10044.8 މެޓްރިކް ޓަނުގެ މަހާއި އަޅާބަލާއިރު %14.6 ދަށް ޢަދަދެކެވެ.
ޖެނުއަރީ މަހު ރާއްޖެއިން ބޭރުކުރި މަހުގެ ޢަދަދު މިދިޔަ އަހަރަށްވުރެ ދަށްވެފައިވަނީ ރާއްޖެއިން ބޭރުކުރި ގަނޑުކުރިމަހުގެ ޢަދަދު ދަށްވުމުންކަމަށް އެމް.އެމް.އޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން، މިދިޔަ ޖެނުއަރީ މަހު ރާއްޖެއިން ވަނީ 7360.7 މެޓްރިކް ޓަނުގެ ގަނޑުކުރި މަސް ބޭރުކޮށްފައެވެ. ނަމަވެސް މިޢަދަދު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކުރި 8889.6 މެޓްރިކް ޓަނުގެ ގަނޑުކުރި މަހާއި އަޅާބަލާއިރު %17.1 ދަށް ޢަދަދެކެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖެނުއަރީ މަހު ރާއްޖެއިން 1015.0 މެޓްރިކް ޓަނުގެ މަސް ދަޅު ބޭރުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކުރި 893.6 މެޓްރިކް ޓަނުގެ މަސް ދަޅާއި އަޅާބަލާއިރު އިތުރު ޢަދަދެއްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިއީ މިދިޔަ އަހަރުގެ އެއްވެސް މަހެއްގެ ތެރޭގައި މަސް ދަޅު ބޭރުކޮށްފައިވާ ޢަދަދަށްވުރެ އިތުރު ޢަދަދެކެވެ.
ފާއިތުވި 3 އަހަރު އެންމެ ގިނައިން މަސްދަޅު ބޭރުކޮށްފައިވާނީ:
• 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު - 1111.0 މެޓްރިކް ޓަނުގެ މަސް ދަޅު
• 2022 ވަނަ އަހަރުގެ މެއި މަހު - 928.2 މެޓްރިކް ޓަނުގެ މަސް ދަޅު
• 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު - 1015.0 މެޓްރިކް ޓަނުގެ މަސް ދަޅު
މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ ދުވަސްވަރެކެވެ. އެމް.އެމް.އޭގެ ރިޕޯޓުގައިވާގޮތުން މިދިޔަ ޖެނުއަރީ މަހު މަސްކުންފުނިތަކުން 8939.4 މެޓްރިކް ޓަނުގެ މަސް ގަނެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު މަސް ކުންފުނިންތަކުން ގަނެފައިވާ 8802.9 މެޓްރިކް ޓަނުގެ މަހާއި އަޅާބަލާއިރު %1.5 އިތުރު އަދަދެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން