logo
މޮރޮކޯ އާއި ސީރިއާ ވާދަކުރި މެޗުގެ ތެރެއިން..

މޮރޮކޯ އާއި ސީރިއާ ވާދަކުރި މެޗުގެ ތެރެއިން..

ފީފާ އަރަބް ކަޕް 2025: ސީރިއާ ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ މޮރޮކޯއަށް

profile

ހަސަން ޝަމްއޫން - 12 ޑިސެމްބަރު 2025 - 11:13

ގަތަރުގައި މިހާރު ކުރިއަށްދާ ފިފާ އަރަބް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ސީރިއާ ބަލިކޮށް މޮރޮކޯ އިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

https://wamco.com.mv/

މޮރޮކޯ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ސީރިއާ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މޮރޮކޯގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ވަލީދު އަޒަރޫ އެވެ. އަދި މެޗުގެ އިިތުރު ވަގުތުގެ ތެރޭގައި މޮރޮކޯގެ ޑިފެންޑަރު މުހައްމަދު މުފީދުއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

01 ޑިސެމްބަރު 2025 އިން 18 ޑިސެމްބަރު 2025 ގެ ނިޔަލަށް ގަތަރުގައި ކުރިއަށްދާ މިމުބާރާތުގައި 16 ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.

2012 ވަނަ އަހަރު ފީފާ އިން އަރަބި ކަޕްގެ ނަމުގައި ފުރަތަމަ މުބާރާތެއް ބޭއްވިއިރު، އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މޮރޮކޯ އިންނެވެ. އަދި މެދުކެނޑުމަކަށްފަހު 2021 ވަނަ އަހަރު ބޭއްވި މުބާރާތް އަލްޖީރިއާ އިން ކާމިޔާބުކުރިއިރު މިއީ އަރަބި ގައުމުތަކަށް ޚާއްސަކޮށްގެން ފީފާ އިން ބާއްވާ ތިންވަނަ މުބާރާތެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay