logo
ބާސެލޯނާ އާއި ފްރެންކްފާޓް ވާދަކުރި މެޗުގެ ތެރެއިން..

ބާސެލޯނާ އާއި ފްރެންކްފާޓް ވާދަކުރި މެޗުގެ ތެރެއިން..

އަމިއްލަ ދަނޑުގައި ފްރެންކްފާޓް އަތުން ބާސެލޯނާއަށް އުނދަގޫ މޮޅެއް

profile

ހަސަން ޝަމްއޫން - 10 ޑިސެމްބަރު 2025 - 07:57

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ފްރެންފާޓް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.

https://wamco.com.mv/

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ޗެމްޕިއަންސް ލީގުގައި ފްރެންކްފާޓް އެންމެ ފަހުން ކުޅުނު މެޗުގައި އިޓަލީގެ އެޓްލާންޓާ އަތުން އެޓީމު ބަލިވީ ވެސް 3-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފްރެންކްފާޓް އިންނެެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފައްހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފްރެންކްފާޓް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އަންސްގަރު ނައުފު އެވެ.

ބާސެލޯނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި ޖޫލް ކުންޑޭ ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓުފަހުން ކުންޑޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަ މެޗުން ބާސެލޯނާއަށް 10 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ފްރެންކްފާޓް އިން ލީގުބުރުގައި ކުޅުނު ހަ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 30 ވަނައިގައެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަށް ކުރިއަށް އޮތީ އަންނަ އަހަރުގެ ޖެނުއަރީ 21 ގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ބްރާގް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެރޭ އަމިއްލަ ދަނޑުގައި ފްރެންކްފާޓް އިން ނުންނާނީ އިނގިރޭސިވިލާތުގެ ޓޮޓެންހަމް އާއި ދެކޮޅަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay