
ޗެލްސީ އާއި އެޓަލާންޓާ ވާދަކުރި މެޗުގެ ތެރެއިން..
ފަހަތުން އަރައި އެޓަލާންޓާ އިން ޗެލްސީ ބަލިކޮށްފި

ހަސަން ޝަމްއޫން - 10 ޑިސެމްބަރު 2025 - 07:38
ޔުއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އެޓަލާންޓާ އިން ކާމިޔާބުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ބާސެލޯނާ އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ޗެމްޕިއަންސް ލީގުގައި އެޓަލާންޓާ އިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ފްރެންޓްފާޓް ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައި މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ޖޮއާއު ޕެޑްރޯ އެވެ.
އެޓަލާންޓާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 55 ވަަނަ މިނެޓުގައި ފޯވާޑް ޖިއަލޫކާ ސްކަމައްކާ ކާމިޔާބުކުރިއިރު އެޓީމު މިމެޗުން މޮޅުވި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޗާލްސް ޑި ކެޓެލެރޭ އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަ މެޗުން އެޓަލާންޓާއަށް 13 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ޗެލްސީ އިން ލީގުބުރުގައި ކުޅުނު ހަ މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 11 ވަނައިގައެވެ.
ޗެމްޕިއަންސް ލީގުގައި ޗެލްސީއަށް ކުރިއަށް އޮތީ އަންނަ އަހަރުގެ ޖެނުއަރީ 22 ގައި އަމިއްލަ ދަނޑުގައި ސައިފްރަސްގެ ޕަފޯސް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެރޭ އަމިއްލަ ދަނޑުގައި އެޓްލާންޓާ އިން ނުކުންނާނީ ސްޕެއިންގެ އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށެވެ.
ގުޅުން ހުރި ޙަބަރުތައް

ތަފާތުބޮޑު ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް ބާސެލޯނާ އިން ލީޑު ފުޅާކޮށްފި
20 ގަޑިއިރު ކުރިން

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި
20 ގަޑިއިރު ކުރިން

އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑުން ތިންވަނައިގައި ހަމަޖެހިލައިފި
20 ގަޑިއިރު ކުރިން

އެލްޗޭ ބަލިކޮށް ރެއާލް މެޑްރިޑުން ފަރަގު ކުޑަކޮށްފި
2 ދުވަސް ކުރިން


.gif&w=3840&q=75)