
ބާސެލޯނާ އާއި ސެވިއްޔާ ވާދަކުރި މެޗުގެ ތެރެއިން..
ތަފާތުބޮޑު ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް ބާސެލޯނާ އިން ލީޑު ފުޅާކޮށްފި

ހަސަން ޝަމްއޫން - 15 މާރިޗު 2026 - 23:41
ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި 5-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް ބާސެލޯނާ އިން ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
ލީގުގައި ބާސެލޯނަ އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން އެތްލެޓިކް ބިލްބާއޯ އަތުން މޮޅުވެފައިވާއިރު، ލީގުގައި ސެވިއްޔާ އެންމެ ފަހުން ކުޅުނު މެޗުގައި ރަޔޯ ވަޔޮކާނޯ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސެވިއްޔާ އިންނެވެ.
ބާސެލޯނާގެ ކޭމް ނޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބާސެލޯނާ އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސެވިއްޔާ އިން ވެސް އިތުރު އެއްލަނޑު ކާމިޔާބުކުރިއެވެ.
އެގޮތުން މިމެޗުގައި ބާސެލޯނާގެ ބްރެޒިލް ފޯވާޑް ރަފީނިއާ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ޑެނީ އޮލްމޯ އަދި ޖޮއާއު ކޮންސެލޯ މއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި ސެވިއްޔާގެ ޖިބްރިލް ސޯ އަދި އޯސޯ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ ރަފީނިއާ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 28 މެޗުން ބާސެލޯނާއަށް 70 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތޯ ތާވަލުގެ އެއްވަނައިގައެވެ. އަދި މެޗުން ބަލިވި ސެވިއްޔާ އިން ލީގުގައި ކުޅުނު 28 މެޗުން ހޯދި 31 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި
20 ގަޑިއިރު ކުރިން

އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑުން ތިންވަނައިގައި ހަމަޖެހިލައިފި
20 ގަޑިއިރު ކުރިން

އެލްޗޭ ބަލިކޮށް ރެއާލް މެޑްރިޑުން ފަރަގު ކުޑަކޮށްފި
2 ދުވަސް ކުރިން

އަމިއްލަ ދަނޑުގައި ވެސްޓްހަމް އިން މެންޗެސްޓާ ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި
2 ދުވަސް ކުރިން


.gif&w=3840&q=75)