logo
އާސެނަލް އާއި ކުލަބު ބުރޫޖް ވާދަކުރި މެޗުގެ ތެރެއިން...

އާސެނަލް އާއި ކުލަބު ބުރޫޖް ވާދަކުރި މެޗުގެ ތެރެއިން...

ފަސޭހަކަމާއެކު ކުލަބު ބުރޫޖް ބަލިކޮށް އާސެނަލް އިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި

profile

ހަސަން ޝަމްއޫން - 11 ޑިސެމްބަރު 2025 - 02:41

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ކުލަބު ބުރޫޖް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

https://wamco.com.mv/

ޗެމްޕިއަންސް ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ޖަރުމަނުގެ ބަޔާން މިޔުނިކް އަތުން މޮޅުވެފައިވާއިރު، ޗެމްޕިއަންސް ލީގުގައި ކުލަބު ބުރޫޖް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ޕޯޗުގަލްގެ ސްޕޯޓިންގް ލިޒްބަން ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އާސެނަލް އިން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ނޯނީ މަޑުއެކޭ އެވެ.

މީގެ އިތުރުން ވެސް މިހާގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑު ފަހު ހާފު ފެށިގެން ދެވަނަ މިނެޓުގައި މަޑުއެކޭ ކާމިޔާބުކޮށްދިންއިރު، މެޗުގެ 56 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއަލް މާޓިނެއްލީ އެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތްއިރު، މިމެޗުން ބަލިވި ކުލަބު ބުރޫޖް އިން ލީގުބުރުގައި ކުޅުނު ހަ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 31 ވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay