
ޝޭޚް ހަސީނާ މަރަން ހުކުމްކޮށްފި

ޝަހްޒާ މުޙައްމަދު - 17 ނޮވެމްބަރު 2025 - 10:29
ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައި.ސީ.ޓީ) އިން އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާއަށް މަރުގެ ހުކުމްކޮށްފިއެވެ.
ޝެެއިޚް ހަސީނާގެ މައްޗަށް މަރުގެ ހުކުމް ކޮށަފައި ވަނި މިދިޔަ އަހަރު ދަރިވަރުން އިސްކޮށް ހިންގި މުޒާހަރާތަކުގެ ތެރޭގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ދައުވާގައެެވެ.
ޢުމުރުން 78 އަހަރުގެ ހަސިނާ ޤައުމުން ބޭރުގައި ފިލައިގެން އުޅެމުންދާއިރު، މި ޙުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ހާޒގައެވެ. . އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ބޮޑެތި މުޒާހަރާތައް ރުޅާލުމުގައި ލާ އިންސާނި އަމަލު ހިނގާފައިވާކަމުގެ ތުހުމަތުގައެވެ. އޭނާ ސިފަކުރަނީ އެހަދިސާގެ “މާސްޓަރމައިންޑް ” ގެ ގޮތުގައެވެ. އެހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 1,400 މީހުން މަރުވެފައިވެއެވެ. އެ މުޒާހަރާތަކުގައި ދަރިވަރުން އިސްވެ ކުރި މުޒާހަރާތައް ހުއްޓުވަން، ބަޑިޖަހައި، މުޒާހަރާގެ ބައިވެރިން މަރަން، ޙަސީނާ އެންގެވިކަމަށް ވަނީ ހާމަވެފައެވެ.
2024 ވަނަ އަހަރު ހިނގި މި ހާދިސާގެ ސަބަބުން ޙަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް އައެވެ. އޭނާގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމާއި، ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުމާއި އަދި މީހުން މަރާލުމުގެ ތުހުމަތުތައް ވަނީ އޭނާއަށް ކުރެވިފައެވެ. ވެރިކަން ގެއްލުމަށްފަހު އޭނާ މިހާރު ދިރިއުޅެމުންދަނީ އިންޑިއާގައި އަރުވާލެވިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

މޯލްޑިވިއަންއިން ބަންގްލަދޭޝްއަށް ދަތުރުފަށަނީ
10 ދުވަސް ކުރިން

މިނިސްޓަރ ހައިދަރު، ބަންގްލަދޭޝްގެ ވަގުތީ ވެރިޔާއާ ބައްދަލުކުރައްވައިފި
11 ދުވަސް ކުރިން

މެލޭޝިޔާގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ ބަޔަކު ހިންގާ، އައިއެސް ޖަމާއަތުގެ ނެޓްވޯކެއް މެލޭޝިޔާ ފުލުހުން ރޫޅާލައިފި
6 މަސް ކުރިން

އަވަށްޓެރި ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް ދިވެހީންނަށް ސްކޮލާޝިޕްތަކެއް!
އަހަރެއް ކުރިން


