logo

އަވަށްޓެރި ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް ދިވެހީންނަށް ސްކޮލާޝިޕްތަކެއް!

profile

ޒިދާން މުޙައްމަދު - 02 ޖެނުއަރީ 2025 - 07:05

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް ދިވެހީންނަށް ލިބިފައިވާ 7 ސްކޮލާޝިޕްގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވާލި ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ އެމްބީބީއެސްގެ ބެޗްލާސް ޑިގްރީގެ 6 ސްކޮލާޝިޕަކާއި ބީޑީއެސްގެ އެއް ސްކޮލަޝިޕެވެ.

މިއީ ސާކްގެ ގައުމުތަކަށް ހުޅުވާލި ސްކޮލާޝިޕް ޕްރޮގްރާމެއްގެ ތެރެއިން ރާއްޖެއަށް ލިބުނު ފުރުސަތުތަކެކެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިހިނގާ ޖެނުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސްކޮލާޝިޕަށް ކުރިމަތިލެވޭނީ އޯ ލެވެލްއާއި އެސްއެސްސީ އިމްތިހާނުގެ ފަސް މާއްދާ އިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައިވާ ފަރާތްތަކަށެވެ. ސީ ލިބުނު މާއްދާތަކުގެ ތެރޭގައި ކެމިސްޓްރީ، ބައިއޮލޮޖީ އަދި ފިޒިކްސް ހިމެނެންޖެހެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay