
ނުރައްކާތެރިކޮށް ދުއްވުން ޖިނާއީ ކުށަކަށްހަދާ، ގަވާއިދާ ޚިލާފަށް ދުއްވާ ފަރާތްތަކަށް ބޮޑެތި އަދަބު

ޝަހްޒާ މުޙައްމަދު - 27 ނޮވެމްބަރު 2025 - 13:46
މަގުމަތީގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމަކީ ޖިނާއީ ކުށަކަށް ހަދައި، އެ ކުށުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަަލަށް ލެވޭ ގޮތަށް "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" އަލުން އެކުލަވާލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބެވެ.
އޭނަ ހުށަހެޅުއްވި އެ ބިލުގެ (88) ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން "އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ފަރުވާކުޑަކޮށް، ނުވަތަ ނުރައްކާތެރިކޮށް ދުއްވުމަކީ" ކުށެކެވެ. އަދު އެ މާއްދާގެ (ށ) ގައިވާ ގޮތުން އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަލަށް ލެވޭނެ އެވެ. ހަމައެއާ އެކު އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ވެސް ހުށަހަޅައިފަ އެވެ.
ބާރު ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކަށް ލިބޭ އަނިޔާ އަކީ ބޮޑު އަނިޔާއަކަށް ނުވިޔަސް ބިލުގައި ވަނީ ކުށްކުރާމީހާ 5-10 އަހަރާ ދެމެދުގެ މުއްދަތަކަށް ވެސް ޖަލަށް ލެވޭ ގޮތަށް ހިމަނައިފަ އެވެ. މީގެ އިތުރުން އެހެން ފަރާތަކާ އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރުމުގެ ސަބަބުން ހިނގާ ހާދިސާއެއްގައި މީހަކު މަރުވެއްޖެ ނަމަވެސް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ގޮތަށް ބިލުގައި ކުށާއި އަދަބު ވަނީ ކަނޑައަޅައިފަ އެވެ. އަދި ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުން ވެސް ހިމަނާފައިވެ އެވެ.
މިހާރު އަމަލު ކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ކުރާނީ ހަމަ އެކަނި ޖުރިމަނާ އެވެ.
ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިފަދަ ބައެެއް ހާދިސާތަކުގައި މިހާތަނަށް އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިފައިވާ އިރު، ބައެއް މީހުން ނުކުޅެދޭ މީހުންނަށް ވެސް ވެފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބުންނަށް ޢިނާޔަތް ދޭ ބިލް ފާސްކޮށްފި
20 ދުވަސް ކުރިން
(1).png&w=3840&q=75)
ރިޔާޒް، ގަޕޯއަށް: އެންމެ ފުރަތަމަ މަނިކުފާނު ނަމޫނާ ދައްކަވާ، ރިޓަޔަމަންޓް ނެންގެވުން ހުއްޓަލައްވާ!
24 ދުވަސް ކުރިން

ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލް ފާސްކޮށްފި
24 ދުވަސް ކުރިން

ކުރީގެ ރައީސުން އޮފީސް ހިންގުމުގެ ފައިސާ އުނިކޮށް ނައިބުންނަށް އެލަވަންސް ދެނީ
24 ދުވަސް ކުރިން


