
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ރިފްއަތު އައްޔަންކުރަން ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 17 ފެބްރުއަރީ 2026 - 10:14
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އަލްއުސްތާޛު އަބްދުﷲ ރިފްއަތު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފިއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމީޓީން އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އާ ކުރި އިންޓަވިއުގައި 84 އިންސައްތައަށްވުރެ ގިނަ މާކްސް އޭނާއަށް ވަނީ ހޯއްދަވާފައެވެ.
އަދި ޝަކުވާ ހުޅަހެޅުމަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ކޮމިޓީގެ ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރިފްއަތު އިލެކްޝާންސް ކޮމިޝާނުގެ މެންބަރުކަމަށް އައްޔަންކުރަން ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 58 މެންބަރުންގެ ވޯޓުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދާއި، ކޮމިޝަނުގެ ނާއިބު ރައީސް، ޢަބްދުއްރަޙްމާން ސަލާޙް ރަޝީދު އަދި މެންބަރު ހަސަން ޒަކަރިއްޔާގެ އިތުރުން މެންބަރު ޢަބްދުލްޙަސީބު އިސްމާއިލްއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރުކަންވެސް ކުރިން ކުރައްވާފައިވާ ރިފްއަތު މިވަގުތު ހުންނެވީ، ހައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި
12 ގަޑިއިރު ކުރިން

ހެލިކޮޕްޓަރުގެ ހިދުމަތް ފެށުން ލަސްވަނީ މަޝްރޫއުގެ ބޮޑުކަމުން: އަމީން
14 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ފެންހިންދާ ނިޒާމާއި ކަނޑޫފާތައް ބެލެހެއްޓުމާއި ގުޅޭ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަނީ
14 ގަޑިއިރު ކުރިން

ގުޅުންތަކުގެ ވިންދު - ދެމަފިރިންގެ ދެމެދުގައި އޮންނަ އިތުބާރު
15 ގަޑިއިރު ކުރިން


