logo

އޮފީސްތަކުގެ ޤުރުއާން މުބާރާތް މި މަހު 22 ގައި ފަށަނީ

profile

އައިޝަތު އިނާޝާ - 17 ފެބްރުއަރީ 2026 - 12:39

ރަމަޟާން މަހާއި ދިމާކޮށް ކުރިއަށް ގެންދާ އޮފީސްތަކުގެ ޤުރުއާން މުބާރާތް މި މަހު 22 ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

https://wamco.com.mv/

އޮފީސްތަކުގެ ޤުރުއާން މުބާރާތަކީ، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ވާދަވެރި މާހައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމަށް ހިތްވަރު ދިނުމުގެ ގޮތުން، 2016 ވަނަ އަހަރުން ފެށިގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ރަމަޟާން މަހު ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގައި 21 އިދާރާއަކުން 71 ބައިވެރިން ވާދަކުރެއެވެ. މުބާރާތުގެ ކިޔެވުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ހޯލުގައެވެ. އަދި މިދިޔަ އަހަރުން ފެށިގެން މި މުބާރާތް އިންތިޒާމު ކުރަމުން އަންނަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk