
ރަމަޟާންމަހު ބީއެމްއެލްގެ ޚިދުމަތްދޭ ގަޑިތައް ޢާންމުކޮށްފި

އައިޝަތު އިނާޝާ - 17 ފެބްރުއަރީ 2026 - 13:41
ކުރިއަށް އޮތް ރަމަޟާންމަހު ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްދޭނެ ގަޑިތައް ޢާންމުކޮށްފިއެވެ.
އެގޮތުން ރަމަޟާންމަހު ބީއެމްއެލް ހުޅުވާފައި ހުންނާނީ، ހެނދުނު 09:30 މެންދުުރު 12:30އާ ހަމައަށް ކަމަށާއި ރަމަޟާންމަހުގެ ފުރަތަމަ ދުވަހު އެބޭންކު ބަންދުވާނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން ބުނީ، ރަމަޟާންމަހުގެ މި ވަގުތުތަކުގައި ބޭންކް ހުޅުވި ނަމަވެސް ބޭންކުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްތައްވެސް މި ރަމަޟާންމަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ރަމަޟާންމަހުގެ ފަހު ދިހައގައި ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާނެ ދުވަސްތައް ފަހުން އިއުލާނުކުރާނެއެވެ.
ރަމަޟާން މަހަކީ، އޮފީސްތަކުގައި މަސައްްކަތް ކުރާ ވަގުތުތަކަށްވެސް ބަދަލު އަންނަ މަހެކެވެ. ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ ސްވައިޕް އައްޑޫ ސިޓީގައި ތައާރަފްކޮށްފި
8 ގަޑިއިރު ކުރިން

އައިފޯން ގިވްއަވޭ ޕްރޮމޯޝަންގައި ގޫގުލް ފޯމް ފުރާކަށް ނުޖެހޭނެ: އެލައިޑް އިންޝިއުރަންސް
10 ގަޑިއިރު ކުރިން

ޣާލިބަށް ތާއީދުކުރާ ކަމަށް ބުނާ ވާހަކަ ރައީސް ދޮގުކުރައްވައިފި
13 ގަޑިއިރު ކުރިން
އެއަރޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްފި
14 ގަޑިއިރު ކުރިން


.gif&w=3840&q=75)