logo

ވިޔަފާރި ބަނދަރުން މިއަދު މެންދުރާ ހަމައަށް، 13،113 ޕެކޭޖްގެ ޕެރިޝަބަލް މުދާ ކްލިއަރކޮށްފި

profile

އައިޝަތު އިނާޝާ - 17 ފެބްރުއަރީ 2026 - 14:02

މާލޭ ވިޔަފާރި ބަނދަރުން މިއަދު މެންދުރާ ހަމައަށް، 13،113 ޕެކޭޖްގެ ޕެރިޝަބަލް މުދާ (އަވަހަށް ކުނިވާ ޒާތުގެ) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކްލިއަރކޮށްފިއެވެ.

https://wamco.com.mv/

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް މާލޭ ވިޔަފާރި ބަނދަރުން ގިނަ އަދަދެއްގެ މުދާ އެތެރެކުރެއެވެ. ވަކިން ޚާއްސަކޮށް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެއެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ރަމަޟާން މަހުވެސް ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަރކުރެވޭނެ މަގު ފަހިކުރުމަށް އެ ކުންފުނީގެ އޮޕަރޭޝަންސްގެ ޓީމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުން ކަމަށެވެ.

އެގޮތުން އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަރކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން 3،000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ވަނީ މިހާރު ހަދައިފައެވެ.

މި ޝެޑް ހެދުމުން، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ބާލައި، ބެހެއްޓުމަށް އިތުރު ޖާގައެއް ލިބި، މިފަދަ ހަލުވި ކަމާއެކު ކްލިއަރކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

undefined

އެމްޕީއެލްގެ ބަޔާނުގައި ބުނީ މާލޭ ވިޔަފާރި ބަނދަރުން މިއަދު މެންދުރާ ހަމައަށް،13،113ޕެކޭޖްގެ ޕެރިޝަބަލް(އަވަހަށް ކުނިވާ ޒާތުގެ)މުދާ ވަނީ ކްލިއަރކޮށްފައި ކަމަށެވެ.

އެއީ ޖުމްލަ480ޓަނޭޖްގެ ޕެރިޝަބަލް މުދަލެވެ.

މާލޭ ވިޔަފާރި ބަނދަރުގައި މި ވަގުތު ޕެރިޝަބަލް މުދާ އުފުލާ ދެ ބޯޓެއް އެބައޮތެވެ.އެ ދެ ބޯޓުން މިއަދު މުދާ ހުސްކުރެވޭނެކަމަށް ލަފާކުރެވެއެވެ. އަދި މިރޭ00:00އާ ހަމައަށް ކްލިއަރކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެމްޕީއެމްއިން ބުނެއެވެ.

ރަމަޟާން މަހު މާލޭ ވިޔަފާރި ބަނދަރުން މުދާ އަރުވާ ބޭލުމާއި، މުދާ ދޫކުރުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ގަޑިތައްވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk