
’އިސްލާމިކް ސްޓޫޑިއޯ’އިން ރަމަޟާން މަހު ގެނެސްދޭ 10 ޕްރޮގުރާމް އިފްތިތާޙްކޮށްފި

އައިޝަތު އިނާޝާ - 17 ފެބްރުއަރީ 2026 - 13:10
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 'އިސްލާމިކް ސްޓޫޑިއޯ’އިން މި ރަމަޟާން މަހު ގެނެސްދިނުމަށް ހަމަޖެހިފައިވާ ޕްރޮގުރާމުތައް މިއަދު އިފްތިތާޙްކޮށްފިއެވެ.
މި ޕްރޮގުރާމުތައް އިފްތިތާޙް ކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ރަމަޟާން މަހު އިސްލާމިކް ސްޓޫޑިއޯއިން ދީނީ ހޭޅުންތެރިކަމުގެ 10 ޕްރޮގުރާމެއް ގެނެސްދިނުމަށް ވަނީ ތައްޔާރުވެފައެވެ. އެ ޕްރޮގުރާމްތަކަކީ ޢިބްރަތްތެރި ވާހަކަ، ހަލް ޔަސްތަވިޔާނި (އެއްފަދަވެގެންވޭ ހެއްޔެވެ؟)، ހުވަﷲ، އަޖަލު، ސީރަތުގެ ހިޔަލުގައި، ޖަވާހިރު، ޖާރނީ ޓު ޖަންނަތު، ޙާފިޡުން، ރީ ތިންކް އަދި ޚާއްސަ އެހީއައަށް ބޭނުންވާ ކުދިންނަށް ޚާއްސަކޮށް ގެނެސްދޭ ސައިލަންޓް ކުއެއަސްޝަންސްއެވެ.
މި ޕްރޮގުރާމުތައް ޓީވީ ޗެނަލްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އެއްވެސް ފީއަކާ ނުލާދިނުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވިޔަފާރި ބަނދަރުން މިއަދު މެންދުރާ ހަމައަށް، 13،113 ޕެކޭޖްގެ ޕެރިޝަބަލް މުދާ ކްލިއަރކޮށްފި
ގަޑިއިރެއް ކުރިން

ރަމަޟާންމަހު ބީއެމްއެލްގެ ޚިދުމަތްދޭ ގަޑިތައް ޢާންމުކޮށްފި
ގަޑިއިރެއް ކުރިން

ބަންގްލަދޭޝްގެ ބޮޑުވަޒީރު، މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
2 ގަޑިއިރު ކުރިން

ރަމަޟާން މަހު ބޭނުން ޖެހިފައިވާ އާއިލާތަކަށް ބީއެމްއެލް މުވައްޒަފުންގެ އެހީ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)