logo

މިސްކިތަކުން ފައިވާނެއް ވަގަށް ނެގި މީހަކު ޖަލަށް

profile

އަހުމަދު ޒަލީފު - 19 ސެޕްޓެމްބަރު 2023 - 15:56

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ މިސްކިތެއް!

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ މިސްކިތެއް!

މާލޭގެ މިސްކިތަކުން ފައިވާނެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އޭޕްރިލް 22 ވަނަ ދުވަހު މާލޭގެ މިސްޖިދުލް އިބްރާހިމްއަށް އަރަން ހުންނަ ސިޑިބަރި ކައިރީގައި ހުރި ހަރުގަނޑުގައި ބަހައްޓާފައި ހުރި މީހެއްގެ ފައިވާން ނެގި މައްސަލައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ އިބްރާހިމް މުހައްމަދު ވަނީ އެ ހާދިސާ ހިނގާފައިވާ ކަމަށާއި، އެއްވެސް މަޖުބޫރު ކަމެއް ނެތި ހަމަ ބުއްދީގައި ހުރެ އެ ދައުވާއެއް އިއުތިރާފްވާ ކަމަަށެވެ. އަދި އިސްލާހުވެގެން އަނބުރާ މުޖުތަމައުއަށް އައުމަށް ބޭނުންވާ ކަމަށާއި، މައްސަލަ އަވަހަށް ނިންމާ ދިނުމަށް އެދޭ ކަމަށް ބުނެފައި ވެއެވެ.

މިއާއެކު އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބަލައި އެއް މަހާއި 24 ދުވަހަށް އޭނާ ޖަލަށް ލުމަށް އެ ކޯޓުން ވަނީ ހުުކުމް ކޮށްފައެވެ. ނަމަވެސް އޭގެ ކުރިން އޭނާ 20 ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ އޭނާގެ އަދަބުން އެބައި އުނިކޮށް ޖަލުގައި ހޭދަ ކުރަން ޖެހޭ މުއްދަތަކީ އެއް މަހާއި ހަތަރު ދުވަސް ކަމަށް ކަނޑައާޅާ ވަނީ ހުކުމް ކޮށްފައެެވެ.


tel:+9607331319