logo

ހިމަންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

profile

ޔޫޝައު ހަސަން - 06 އޭޕްރީލު 2023 - 23:16

އއ ހިމަންދޫ

އއ ހިމަންދޫ

އއ. އަތޮޅު ހިމަންދޫގައި 300 މީހުންގެ ޖަގައިގެ މިސްކިތެއް އެޅުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ގެ ފަރާތުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާއިއެވެ.

މި މިސްކިތް އިމާރަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އާއިޒް ރުޝްދީއެވެ.

ސަރުކާރުން 10 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގަ މި މަޝްރޫއު އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމައި ހަވާލު ކުރާ ގޮތަށެވެ.



tel:+9607331319