logo

އިމާމުވެ ހުކުރު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު

profile

ޒިދާން މުޙައްމަދު - 03 ސެޕްޓެމްބަރު 2024 - 14:32

މާލެ ސަރަހައްދުގައި އިމާމުވެ ހުކުރު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަށް ފޯމު ހުށަހަޅެމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަަދު ވިދާޅުވީ، މާލެ ސަރަހައްދުގައި އިމާމުވެ ހުކުރު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަށް ފޯމު ހުށަހަޅެމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށް.

ހުކުރު ކުރުމުގެ ހުއްދަ އޮންނަ މީހުން ކުރެ، ރީތިކޮށް ޤުރުއާން ކިޔަވާ، ފަރިތަކޮށް ޚުޠުބާ ކިޔާ ފަރާތްތަށް ހޮވާނީ އިންޓަވިއުއެއްގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިކަމަށް އެދި ހުށަހަޅަންޖެހޭ އޮންލައިން ފޯމުވެސް މީސްމީޑިއާގައި ހިއްސާކުރައްވާފައެވެ.

މިފުރުސަތު އެ މިނިސްޓްރީން ހުޅުވާލިއިރު މާލެ ސަރަހައްދުތަކުގެ މިސްކިތްތަކުގައި ހުކުރު ދުވަހު އިމާމުން ހުތުބާ ކިޔާއިރު ގިނައިން ކުށް ޖެހޭތީ، ހަތީބުންގެ ދަފުތަރު އަލުން މުރާޖައާ ކުރުމަށް މިފަހުން ވަނީ ނިންމާފައެވެ.

ޒުވާން ހަތީބުން ތަމްރީނުކުރުމަށް އިސްލާމިކް މިނިސްޓްރީން ހިންގި ތަމްރީނު ފުރިހަމަކުރި ބައެއް ހަތީބުން ހުތުބާ ކިޔާއިރު ފަރިތަނުވުމާއި ގިނައިން ކުށް ޖެހުމާއި މާ އަވަސް އަވަހަށް ކިޔުން ފަދަ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބެމުންދާތީ ހަތީބުންގެ ދަފްތަރު މި ހަފްތާ ތެރޭގައި މުރާޖާކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ލިސްޓުގައި ދެން އިސްކަން ދޭނީ އެންމެ ގާބިލް އަދި ހުނަރުވެރި ހަތީބުންނަށް ކަމަށެވެ.

ޒުވާން ހަތީބުން އުފެއްދުމުގެ ޕްރޮގްރާމުން މިހާތަނަށް ވަނީ 300 މީހުން ތަމްރީނު ކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1.000 އިމާމުން އުފެއްދުމެވެ.

tel:+9607331319